01 ޖޫން 2016 - 19:27

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ދުބާއީގެ މެކްލީންސް ކުންފުނިން އުފައްދާ "ކުއިޒީން" ބްރޭންޑުގެ ކޭކު ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ކުއިޒީން ބްރޭންޑުގެ ކޭކު ތައާރަފް ކޮށްދެއްވީ ކުއިޒީންގެ ސީއީއޯ މަރިއާ ފެނާންޑެޒް އާއި އޭޑީކޭ ކުންފުނީގެ ޗެއާމަން އަހްމަދު ނާޝިދް އަދި މެނޭޖިން ޑިރެކްޓަރު ފަޒްލާ ހަސަނެވެ.
ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފް ކުރި މި ބްރޭންޑުގެ ތަފާތު ވައްތަރުތަކުގެ ކޭކުގެ ހިމެނެ އެވެ. އޭގެ ތެރޭގައި ވެނީލާ އަދި ޗޮކްލެޓް ފްލޭވާގެ މިނީ ރޯލް ކޭކާއި ޗޮކްލެޓް މަފިން އަދި މާބްލް ކޭކު ހިމެނެ އެވެ.
އޭޑީކޭ އިން ބުނީ ގަލްފް ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ މި އުފެއްދުންތަކަކީ ކޮލިޓީ ރަނގަޅު، މީރު އުފެއްދުންތަކެއް ކަމަށެވެ. އަދި ކުއިޒީން ބްރޭންޑުގެ ކޭކަކީ އިންޑިއާގައި ވެސް ވަރަށް ތަރުހީބު ލިބުމުންދާ ކޭކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ބްރޭންޑުގެ އުފެއްދުންތައް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ހޯލްސޭލްކޮށް ވިއްކާއިރު އޭޑީކޭގެ ރީޓެއިލް ފިހާރަތަކުން ވެސް ލިބޭން ހުންނާނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ވަރަށް އަވަހަށް ކުއީޒީން ބްރޭންޑުގެ ޕާސްޓާ އާއި ސްޕެގެޓީ ވެސް ރާއްޖޭގެ ބާޒާރަށް ނެރޭނެ އެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިން އަކީ ދިވެހިންގެ މެދުގައި ނަން މަޝްހޫރު އެތައް ބްރޭންޑެއްގެ މުދާ ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޑްރައިޕާސް، މިލްގްރޯ، ޓީސިޕްސް، މަލިބާން އަދި ޓްވިސްޓް ހިމެނެ އެވެ.