ޔޫކްރޭނުގައި ރަހީނުން ސަލާމަތް ކުރަން މެދުވެރިވީ ރައީސް
ޔޫކްރޭނުގައި ރަހީނުން ސަލާމަތް ކުރަން މެދުވެރިވީ ރައީސް

ކިއޭވް (ޖުލައި 22) - ޔޫކްރޭނުގައި ރަހީންކުރި 13 މީހުން ސަލާމަތްވެފައި ވަނީ، ރަހީންކުރި މީހާގެ ޑިމާންޑާ އެއްގޮތަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެއްބަސްވެވަޑައިގަތުމުންނެވެ.

ހަތިޔާރު ހިފައިގެން ހުރި މީހާ ހައްޔަރު ކުރާ މަންޒުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ. ރަހީންކުރި މީހާ ޑިމާންޑްކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ފިލްމް "އާތުލިންގްސް" އާއްމުން ބެލުމަށް ރައީސް ވީޑިއޯ މެސެޖަކުން އެދިވަޑައިގަތުމަށެވެ.

ބަހަކުން 13 މީހުން ރަހީންކުރުމަށް ފަހު، ހަތިޔާރު ހިފައިގެން ހުރި މީހާ ވަނީ ޖަނަވާރުން ހިމާޔަތް ކުރުމާ ބެހޭ ޑޮކިއުމެންޓްރީ އާއްމުން ބެލުމަށް ޑިމާންޑްކޮށްފަ އެވެ.

ޒެލެންސްކީ ވިދާޅުވީ އޭނާ އިސްކަން ދެއްވީ އެއްވެސް ރަހީނެއްގެ ފުރާނައަށް ގެއްލުން ނުލިބި އެންމެން ސަލާމަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރީ މަގްބޫލްކަން މަތިކުރާކަށް ނޫން. އަޅުގަނޑު މަސައްކަތް ކުރީ ހުރިހާ ރަހީނުން ސަލާމަތް ކުރުމަށް،" ޒެލެންސްކީ ވިދާޅުވި އެވެ.

ބަހެއްގައި 13 މީހުން ރަހީންކޮށްފައިވާ އުމުރުން 44 އަހަރުގެ މީހާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މީގެ ކުރިން އޭނާ ވަނީ މަކަރާއި ހީލަތާއި އޮޅުވާލުން އަދި ގަވާއިދާ ޚިލާފަށް ހަތިޔާރު ގެންގުޅެން 10 އަހަރަށް ޖަލަށް ލައިފަ އެވެ.