22 ޖުލައި 2020 - 15:04

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ، މަރުކަޒީ ބޭންކުން ރިޓަޔަކުރައްވައިފި އެވެ.
އެމްއެމްއޭގައި 31 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމަށް ފަހު އޭނާ އެތަނުން ވަކިވެވަޑައިގަތީ، ޑެޕިއުޓީ ގަވަރުނަރުގެ ހަ އަހަރުގެ ދެ ދައުރު ފުރިހަމަކުރައްވައިފަ އެވ.
އެމްއެމްއޭ އިން ވަނީ އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.
ޑެޕިއުޓީ ގަވަރުނަރު ފަދަ އިސް މަގާމެއް ދިގު މުއްދަތަކަށް ޒާހިރާ އަދާކުރެއްވި އިރު އެމްއެމްއޭ ފާހަގަކޮށްލެވެނީ ޒިންމާދާރު އިސް މަގާމްތަކުގައި އަންހެނުންގެ ހިއްސާ ބޮޑު މުއައްސަސާއެއްގެ ގޮތުގަ އެވެ. އެމްއެމްއޭގެ 12 ޑިވިޝަންގެ ތެރެއިން ހަތް ޑިވިޝަނެއްގެ އިސް ވެރިންނަށް 2018 ވަނަ އަހަރާ ހަމައަށް ތިއްބެވީ އަންހެން ބޭފުޅުންނެވެ.