އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ހަގް އީޓްސް އިން ޕްރޮމޯޝަނެއް
އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ހަގް އީޓްސް އިން ޕްރޮމޯޝަނެއް

ކާނާ ޑެލިވަރީކޮށްދޭ "ހަގް އީޓްސް" އަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ހަގް އީޓްސް އިން ޕްރޮމޯޝަނެއް
އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ހަގް އީޓްސް އިން ޕްރޮމޯޝަނެއް

މި ޕްރޮމޯޝަންގައި ކޮންމެ 150ރ. އިން މަތީގެ ވިޔަފާރިއަކަށް ފައިސާ ދެއްކުމުން އޭގެ 10 ޕަސެންޓު އަނބުރާ ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ އެޕް މެދުވެރިކޮށް އެމްފައިސާ އަށް ލޮގިންވުމަށް ފަހު ކިޔުއާރު ކޯޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އެވެ.

ހަގް އީޓްސް އަކީ ރާއްޖޭގައި ކާއެއްޗެހީގެ ޑެލިވަރީ ހިދުމަތްދޭ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ ރެސްޓޯރެންޓުން 500 އަށް ވުރެ ގިނަ ބާވަތްތައް ލިބެން ހުންނާނެ އެވެ. މި އެޕްލިކޭޝަނުން ކާބޯތަކެތި އޯޑަރުކުރަން ބޭނުންވާ ކަސްޓަމަރުންނަށް http://bit.ly/HuqEats މެދުވެރިކޮށް އެޕް ސްޓޯރުންނާއި އަދި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

އުރީދޫގެ އެމްފައިސާ އަކީ ތަފާތު އެކި ހިދުމަތްތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނިން ތައާރަފު ކުރި ޑިޖިޓަލް ވޮލެޓެކެވެ. އެމްފައިސާ މެދުވެރިކޮށް ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ފައިސާ ދެއްކުމުގެ އިތުރުން ކައްކާ ގޭހަށް އޯޑަރު ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ރައްޓެހިންނާއި އާއިލާ މީހުންނަށް އެއް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

މި ހިދުމަތަކީ އުރީދޫގެ ކަސްޓަމަރުންގެ އިތުރުން އެހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ ހިދުމަތެކެވެ.