ޖެލީ 2: އެންމެ ކުޑަ ސްމާޓްފޯން
ޖެލީ 2: އެންމެ ކުޑަ ސްމާޓްފޯން

މިހާރު އާންމުކޮށް ގިނަ ބަޔަކު މި ގެންގުޅޭ މަޝްހޫރު ބްރޭންޑްތަކުގެ ސްމާޓްފޯނުގެ ބަދަލުގައި ވަރަށް ކުޑަ ފޯނެއް ހޯދަން ބޭނުން ނަމަ "ޖެލީ 2" އަކީ ރަނގަޅު އެއްޗަކަށް ވާނެ އެވެ.

ޔުނިހާޓްޒް އިން މީގެ ތިން އަހަރު ކުރިން ނެރުނު، މުށު ތެރޭ ފޮރުވާލެވޭ ވަރުގެ "ޖެލީ" އަށް ފަހު މިއޮތީ މީގެ ދެވަނަ އުފެއްދުމެވެ. "ޖެލީ 2" އަންގާރަ ދުވަހު ވަނީ ދައްކާލައިފަ އެވެ. ޔުނިހާޓްޒް އިން މި ފޯނު ސިފަކޮށްދެނީ ދުނިޔޭގެ އެންމެ ކުޑަ ސްމާޓްފޯނުގެ ގޮތުގަ އެވެ. މީގެ ހާއްސަ ކަމަކީ މި ފަހަރު އެންޑްރޮއިޑް 10 އާ އެކު، 4ޖީ ވެސް ސަޕޯޓްކުރުމެވެ.

ފޯނުގެ ބޮޑުމިނުގައި ހުންނަނީ ތިން އިންޗި އެވެ. އެކަމަކު މިހާރު މި ގެންގުޅޭ ކަހަލަ ފޯނުތަކަށް ވުރެ މާ ބޮޑަށް ވެސް ބޮލެވެ. ފޯނުގެ ބޯމިނުގައި 16.5 މިލިމީޓަރު ހުރެ އެވެ.

ނަމަވެސް "ޖެލީ 2" އަކީ 2017 ގައި ނެރުނު "ޖެލީ" އަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އުފެއްދުމެކެވެ.

ކުރީގެ ވާޝަނާ ހިލާފަށް މި ފަހަރުގެ ފޯނުގެ ބެޓެރީގެ ކޮލިޓީ އާއި ސޮފްޓްވެއާ ކީބޯޑް ފަދަ އެއްޗެހި މާ ރަނގަޅު ވާނެ އެވެ. ދެ ކެމެރާ އިންނާނެ އެވެ. ސެލްފީ އަށް ހާއްސަ ކެމެރާ އަކީ އަށް މެގަފިކްސެލްގެ އެއްޗެކެވެ. އަނެއް ކެމެރާގައި 16 ޕިކްސެލެވެ. އިތުރު ފީޗާތަކުގެ ތެރޭގައި ހަ ޖީބީގެ ރޭމަކާއި 128 ޖީބީގެ ސްޓޯރޭޖް އިންނާނެ އެވެ. ހެޑްފޯނެއް ޖެކެއް ވެސް "ޖެލީ 2" ގައި އިންނާނެ އެވެ.

ފޯނު ކުޑަވުމަކުން މައްސަލައަކަށް ނުވާނެ އެއް ސަބަބަކީ މިހާރު މި ގެންގުޅޭ ސްމާޓްފޯނުތަކުން "ދުނިޔޭގެ ލެއްވިހާ" ކަމެއް ކުރަން ކުރަން ފުރުސަތު ލިބުމުގެ ކުރަން މޮބައިލް ފޯނުން ހިފި މައިގަނޑު ބޭނުން "ޖެލީ 2" އިން ހިފޭނެތީ އެވެ. އެހެންވެ މިއީ ފޯނު ކުރުމާއި މެސެޖްކުރުން ފަދަ ކަންކަމަށް ގެންގުޅެން ފަސޭހަ އެއްޗަކަށް ވާނެ އެވެ. އެކަމަކު މީގައި ޒަމާނީ އެހެން ފީޗާތަކާ އެކު ޗެޓްކުރުމާއި ފޮޓޯ ނެގުމާއި ވީޑިއޯތައް ބެލުމާއި ބްރައުޒްކުރުން ކަހަލަ ކަންކަމަށް ވެސް ބޭނުންކުރެވޭނެ އެވެ. ތަފާތަކީ ސައިޒުން ކުޑަވުމެވެ.

އެހެންވެ އަގު ވެސް އެހާ ބޮޑެއް ނޫނެވެ. "ޖެލީ 2" ވިއްކަނީ 129 ޑޮލަރު (1,994.34ރ) އެވެ.