އާ ކްލަސްޓާތައް ފެންނާތީ، ފްރާންސްގައި މާސްކް މަޖްބޫރު
އާ ކްލަސްޓާތައް ފެންނާތީ، ފްރާންސްގައި މާސްކް މަޖްބޫރު

ޕެރިސް (ޖުލައި 21) - ކޮވިޑް-19 ގެ އާ ކްލަސްޓާތައް ފެންނަން ފެށުމާ ގުޅިގެން، ފްރާންސްގައި އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުން މަޖްބޫރުކޮށްފި އެވެ.

ޕަބްލިކް ޓްރާންސްޕޯޓުގައި މިހާރު ވެސް މާސްކް މަޖްބޫރު ނަމަވެސް މިއަދުން ފެށިގެން ފިހާރަ ފަދަ ތަންތަނަށް ވަންނަ ނަމަ މާސްކް އަޅަން މަޖްބޫރުވާނެ އެވެ. މާސްކް ނާޅައި އުޅޭ ނަމަ 154 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

ހެލްތު މިނިސްޓަރު އޮލިވާ ވެރަން ވިދާޅުވީ ފްރާންސްގައި މިހާރު ވެސް 400-500 އާ ދެމެދު އެކްޓިވް ކްލަސްޓާތައް އުޅޭ ކަމަށެވެ.

ރައީސް އެމަނުއަލް މެކްރޮން ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް "ފުރަތަމަ ކާމިޔާބީ" ޖޫން މަހު ހޯދިއްޖެކަން އިއުލާން ކުރައްވައިފަ އެވެ. އަދި ކުއްލި ހާލަތު ވަނީ އުވާލައިފަ އެވެ. ނަމަވެސް އެ ގައުމުން ލޯކަލް ކޭސްތައް ފެންނަވަރު ދަނީ އިތުރުވަމުންނެވެ. އެކަމަކު އޯވަރޯލްކޮށް އެ ގައުމުގައި ވަނީ ވައިރަސް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ޕަކްލިކް ހެލްތު އޮފިޝަލުން ވަނީ އެ ގައުމުގައި ދެ ވަނަ ރާޅެއްގެ ބިރު ބޮޑުކަމުގެ އިންޒާރު ދީފަ އެވެ. އެހެންވެ ސަރުކާރުން ވަނީ އެތައް މިލިއަން މާސްކެއް ސްޓޮކް ކުރަން ފަށައިފަ އެވެ.

ޔޫރަޕުން އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަހަސް ފެތުރުނު ފްރާންސް އިން ވަނީ 176,754 މީހުން ޕޮޒިޓިވްވެ 30،177 މީހުން މަރުވެފަ އެވެ.