ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޕީޖީ އާއި އޭސީސީން ސޮއިކޮށްފި
ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޕީޖީ އާއި އޭސީސީން ސޮއިކޮށްފި

ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ސޮއިކޮށްފި އެވެ.

ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޕީޖީ އާއި އޭސީސީން ސޮއިކޮށްފި
ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޕީޖީ އާއި އޭސީސީން ސޮއިކޮށްފި

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ޕީޖީ އައިޝަތު ބިޝާމް އެވެ.

ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޕީޖީ އާއި އޭސީސީން ސޮއިކޮށްފި
ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޕީޖީ އާއި އޭސީސީން ސޮއިކޮށްފި

ބިޝާމް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، އޭސީސީން ތަހުގީގުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ހަރުދަނާވާނެ ކަމަށެވެ. އަދި އޭސީސީން ޕީޖީއަށް ފޮނުވާ މައްސަލަތަކުގެ މައުލޫމާތުތައް ހަލުއި މިނެއްގައި ލިބޭނެ ކަމަށް ވެސް ވިިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީއާ ގުޅޭ މައްސަލަތަކުގައި، ޕްރޮސެކިއުޓަރަކާ އެކު އޭސީސީގެ މުވައްޒަފުންނަށް ކޯޓަށް ހާޒިރުވެވޭނެ ގޮތްތައް ވެސް ހަމަޖެހޭނެ ކަމަށެވެ.

އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ އެއްބަސްވުމެއް ހަދާފައި ނެތް ކަމަށް ވިއަސް މީގެ ކުރިން ވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށްފައިވަނީ ދެ މުއައްސަސާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއްބަސްވުމެއް ހަދާފައި އޮތުމުން އެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޕީޖީއާ ގުޅިގެން ރަސްމީ ގޮތެއްގައި މަސައްކަތް ކުރަން އެއްބަސްވުމެއް ހަދަން އުޅޭތާ ދުވަސްވެއްޖެ ކަމަށާއި އެކަން ފުރިހަމަވުމުން ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި ވާ ގޮތުން އޭސީސީން ތަހުގީގުކުރާ މައްސަލަތަކަށް ޕީޖީން އެހީތެރިކަން ދޭނެ އެވެ. އޭގެ އިތުރުން އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މައްސަލަތައް ތަހުގީގުކުރަން ކޯޓު އަމުރު ފަސޭހައިން ހޯދޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.