ސައުދީ، ގަތަރު ޔޫއޭއީ، އިންޑިއާ އިން ލަންކާ އަށް ގެންދާ މީހުން ޕޮޒިޓިވް
ސައުދީ، ގަތަރު ޔޫއޭއީ، އިންޑިއާ އިން ލަންކާ އަށް ގެންދާ މީހުން ޕޮޒިޓިވް

ކޮލަމްބޯ (ޖުލައި 20) - ސައުދީ އަރަބިއާ، ގަތަރު، ޔޫއޭއީ އަދި އިންޑިއާ އިން ސްރީ ލަންކާ އަށް ގެންދާ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ ރޭޓް މަތި ކަމަށް ސަރުކާރުން ބުނެފި އެވެ.

ލަންކާ ސަރުކާރުން ބުނެފައި ވަނީ އެ ގައުމުތަކުން އިއްޔެ ގެންދިޔަ މީހުންގެ ތެރޭން ވެސް 20 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭން ސައުދީން ގެންދިޔަ މީހުންގެ ތެރޭން ނުވަ މީހުން، ގަތަރާއި ޔޫއޭއީ އަދި އިންޑިއާ އިން ގެންދިޔަ މީހުންގެ ތެރޭން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ބާކީ ތިބި ހަތަރު މީހުން ޕޮޮޒިޓިވްވެފައި ވަނީ ކަންޑަކަޑު ރިހެބިލިޓޭޝަން ސެންޓަރުންނެވެ. އެ ސެންޓަރުން ވަނީ 560 މީހުން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވެފަ އެވެ.

ލަންކާ ސަރުކާރުން ބުނެފައި ވަނީ ކޮވިޑް-19 އަށް އިއްޔެ ޓެސްޓްކޮށްފައި ވަނީ 1070 މީހުން ކަމަށެވެ. މިހާތަނަށް އެ ގައުމުން ވަނީ 137،407 ޕީސީއާރް ޓެސްޓް ހަދައިފަ އެވެ.

ލަންކާ އިން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 2,724 މީހުންނެވެ. އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 11 މީހުންނެވެ.