އަދީބު މިނިވަންވި މައްސަލައިގެ އިސްތިއުނާފް ބަލައިގެންފި
އަދީބު މިނިވަންވި މައްސަލައިގެ އިސްތިއުނާފް ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދަައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގެ އިސްތިއުނާފް މައްސަލަ ހަައި ކޯޓުން ބަލައިގެންފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އޭނާ ވަނީ އެއްކޮށް މިނިވަންވެފަ އެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަން ހައި ކޯޓުން ކަށަވަރުކޮށް ދިނެވެ.

އެ މައްސަލަ ހައި ކޯޓުން ބަލައިގަތްއިރުު، އެ ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.