23 އޮކްޓޯބަރ 2016 - 12:04

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މުޅިން އަލަށް މި އަހަރު ބޭއްވި އެމްބީބީއޭ ވިލިނގިލި ޕްރޯ މުބާރާތް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ކާމިޔާބު ކޮށްފި އެވެ.

ކުޑަަ އައްޔަ މުބާރާތުގެ އެއް ވަނަ ހޯދިއިރު، ދެ ވަނަ އަށް ދިޔައީ އަލީ ޝާމް ރާފިއު އެވެ. ތިން ވަނަ ހޯދީ އަލީ ޖާވިދު (ޖާއްޓެ) އެވެ. މުބާރާތުގައި މުޅިން އަލަށް ވާދަކޮށް އެންމެ ރަނގަޅު ނަތީޖާތައް ނެރުނު ބޮޑީބޯޑަރަކީ ލުޝާމް އަމްޖަދު (ލައު) އެވެ.
ނޮކައުޓް އުސޫލުން އެއް ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގައި 17 ބޮޑީބޯޑަރުން ވަނީ ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ވިލިނގިލީގެ ހަތަރު ބޮޑީބޯޑަރުން ހިމެނެ އެވެ.
އެމްބީބީއޭ އިން ސާފިން އިވެންޓުތައް ކުރިއަށްގެންދާ ރާޅުގަނޑު ސަރަހައްދު ބަންދުކުރި ފަހުން އެ އެސޯސިއޭޝަނަށް ވަނީ ގިނަ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ވިލިނގިލި ޕްރޯ އަކީ ވިލިމާލޭގައި ކުރިއަށްދިޔަ ފުރަތަމަ ސާފިން އިވެންޓެވެ.
އެމްބީބީއޭ އިން ވަނީ ވިލިގިލި ޕްރޯ ކުރިއަށްގެންދަން އެހީތެރިވި ވިިލިމާލެ ޕޮލިސް ސްޓޭޝަނާއި ވިލިމާލެ އެމްޑަބްލިއުއެސްސީ، މިސްޓިކްސް ޑިސައިން، މަހަލޯ ޝޮޕް އަދި ވިލިމާލެ ސާފިން ކޮމިއުނިޓީ އަށް ޝުކުރުއަދާކޮށްފަ އެވެ.