އެސްޓީއޯ އިން ލޭ ހަދިޔާ ކުރަން ކޭމްޕެއް ބާއްވައިފި
އެސްޓީއޯ އިން ލޭ ހަދިޔާ ކުރަން ކޭމްޕެއް ބާއްވައިފި

ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެސްޓީއޯ އިން މިއަދު ބާއްވައިފި އެވެ.

އެ ކުންފުނީގެ ރެކްރިއޭޝަން ކްލަބް (ސްޓޯކް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ކޭމްޕް ފައްޓަވައި ދެއްވީ ބޯޑުގެ މެމްބަރުންނާއި މެނޭޖުމަންޓުގެ އިސްވެރިންނެވެ. މި ކޭމްޕުގައި އެސްޓީއޯގެ 80 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރިކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓޯކުން ބުނިގޮތުގައި، މި ކޭމްޕަކީ މި ދުވަސްވަރު ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ދަތިވެފައިވާތީ ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މުޖުތަމައަށް ފައިދާ ހުރި މިފަދަ ތަފާތު ހަރަކާތްތައް ބާއްވާނެ ކަމަށް އެ ކްލަބުން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. މިކަމާ ގުޅިގެން އެ ސެންޓަރުން ވަނީ އާއްމުންގެ ފަރާތުން ލޭ ހަދިޔާ ކުރުމަށް އެދިފަ އެވެ.