އިމޯޖީ ބޭނުކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ
އިމޯޖީ ބޭނުކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ

"އިމޯޖީ" ބޭނުންކޮށްގެން މެސެޖު ކުރާ ނަމަ 5ޖީބީ ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

އިމޯޖީ ބޭނުކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ
އިމޯޖީ ބޭނުކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ

ދުނިޔޭގެ އިމޯޖީ ދުވަސް ފާހަގަ ކުރުމަށް ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި ޓްވިޓާ އަދި އިންސްޓަގްރާމުގައި، އެ މީހެއްގެ އެންމެ ގާތް އެކުވެރިޔާ އިމޯޖީތަކުން ކިޔައިދީގެން ބައިވެރިވެވޭނެ އެވެ. މި ކޮމެންޓުގައި އެ އެކުވެރިޔާ ވެސް ޓެގު ކުރަން ޖެހޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ހޮވައިލެވޭ ތިން މީހަކަށާއި އެ މީހުންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ޓެގު ކުރާ މީހާ އަށް 5ޖީބީ ޑޭޓާ ލިބޭނެ އެވެ. ނަސީބުވެރިންގެ ގޮތުގައި ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް ހޮވާނީ އެއްމެ ނަސީބުވެރިއެކެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިއަދާއި މާދަމާގެ ނިޔަލަށް އޮންނާނެ އެވެ. އެހެންކަމުން މާދަމާ ރޭގެ 11:59 ގެ ކުރިން ވީހާ ވެސް ގިނަ މީހުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދިރާގުން އެދެ އެވެ.

ބުނަން ބޭނުންވާ ވާހަކައެއް ތަސްވީރުން ދޭހަވާ ގޮތަށް ހަދާފައިވާ އިމޯޖީތަކަކީ ހުރިހާ ގައުމެއްގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ޖަޕާނުގެ އާޓިސްޓެއް ކަމަށްވާ ޝިގެޓާކާ ކުރިޓާ 1999 ގައި އުފެއްދި މި އިމޯޖީތައް މަޝްހޫރުވެފައި ވަނީ 2000 ގެ މެދުތެރޭގަ އެވެ.

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އިމޯޖީ މަގުބޫލުވީ، އެޕަލް އާއި ގޫގަލް އިން އިމޯޖީ ތައާރަފު ކުރުމާ ގުޅިގެންނެވެ. އެޕަލް އިން ވަނީ 2011 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ފޯނުތަކުގެ ކީބޯޑުގައި ވެސް އިމޯޖީ ހިމަނައިފަ އެވެ.