17 ޖުލައި 2020 - 12:05

ނިއު ދިއްލީ (ޖުލައި 17) - ކޮރޯނާވައިރަހަށް އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފި އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އެ ގައުމުން ވަނީ 1,005,760 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 25,619 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް އިންޑިއާ އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 35,468 މީހުން ޕޮޒިޓިވްވެ 680 މީހުން މަރުވެފަ އެވެ.
މާޗު މަހު ފަހުކޮޅު އިންޑިއާ ލޮކްޑައުންއަކަށް ދިޔައިރު އެ ގައުމުން ޕޮޒިޓިވްވެފައި ވަނީ ގާތްގަނޑަކަށް 500 މީހުންނެވެ. ނަމަވެސް ޖޫން 8 ވަނަ ދުވަހު ލޮކްޑައުން އަށް ލުއިދޭން ފެށި އިރު އެ އަދަދު ވަނީ އެތައް ލައްކައަކަށް އަރައިފަ އެވެ.
އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން ފުރަތަމަ ކޭސް ޖެނުއަރީ މަހު ފެނުނު ފަހުން އެއް މިލިއަން މީހުން ޕޮޒިޓިވްވެފައި މި ވަނީ ގާތްގަނޑަކަށް 170 ދުވަސް ތެރޭގަ އެވެ. އިންޑިއާ އިން ޕޮޒިޓިވްވާ ކޮންމެ 100 މީހަކަށް ބަލާއިރު ރިކަވަރީ އުޅެނީ 63 ގަ އެވެ. މަރުވާ ރޭޓަކީ 2.55 ޕަސެންޓެވެ.
ޕޮޒިޓިވްވި: 1,005,760
މަރުވި: 25,619
ރަނގަޅުވި: 636,660
އެކްޓިވް ކޭސް: 343,481
ސީރިއަސް ކޭސް: 8,944
މިހާތަނަށް ޓެސްޓްކުރީ: 13,072,718
ކޭސްތައް، ކޮންމެ މިލިއަނަކަށް: 729
މަރު، ކޮންމެ މިލިއަނަކަށް: 19
ޓެސްޓް، ކޮންމެ މިލިއަނަކަށް: 9,469