16 ޖުލައި 2020 - 15:09

ރެއިންބޯގެ އޮންލައިން ސްޓޯރު މެދުވެރިކޮށް ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ އޮންލައިން ސްޓޯރު، buyrainbow.com.mv މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަަމަރުންނަށް ބޮޑެތިި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ތިން ނަސީބުވެރިން ހޮވާނެ އެވެ. މީގެ ތެރެއިން އެއް ވަނަ އަށް ހޮވޭ މީހަކަށް ތިން "ސީޓާ ސޯފާ" ހުށަހަޅާފައިވާއިރު ދެ ވަނައަށް ހޮވޭ މީހަކަށް ސޯފާ ބެޑެއް އަދި ތިންވަނަ އަށް ހޮވޭ މީހަކަށް ޓީވީި ކެބިނެޓެއް ލިބޭނެ އެވެ.
ރެއިންބޯގެ އޮންލައިން ސްޓޯރުން ކޮންމެ ރަށެއްގައި ހުރެގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ. މާލެ ސަރަހައްދުގެ ކަސްޓަމަރުންނަށް ގެއާ ހަމައަށް އެ ކުންފުނިން ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ ކަސްޓަމަރުން ގަންނަ މުދާ އެ ކަސްޓަމަރަކު ބޭނުންވާ ބޯޓަކާ ހަމަ އަށް ގެންގޮސް ދޭނެ އެވެ.
ރެއިންބޯ އެންޓަޕްރައިސަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ފިހާރަތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނައިރު އެ ކުންފުނިން އަންނަނީ ކޮވިޑް-19 ފެތުރޭތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އޮންލައިންކޮށް ވިޔަފާރި އަށް ބާރުއަޅަމުންނެވެ.
ރެއިންބޯ އިން ރާއްޖޭގައި ހިންގާ ފިހާރަތަކުގެ ތެރޭގައި ރެއިންބޯ ލިވިންގް މޯލް، އާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫ ހިމެނެ އެވެ.