"ދަ ވުމަން ކިންގް" އަކީ ވައޯލާ ޑޭވިސް
"ދަ ވުމަން ކިންގް" އަކީ ވައޯލާ ޑޭވިސް

އެފްރިކާ ބައްރުގައި ކުރިން އޮތް ނުފޫޒުފަދަ ޑަހޯމީ ކިންގްޑަމްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް، އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ވައޯލާ ޑޭވިސް ސޮއިކޮށްފި އެވެ.

"ދަ ވުމަން ކިންގް" އަކީ ވައޯލާ ޑޭވިސް
"ދަ ވުމަން ކިންގް" އަކީ ވައޯލާ ޑޭވިސް

ވެރައިޓީން ބުނިގޮތުގައި "ދަ ވުމަން ކިންގް" ގެ ނަމުގައި ހަދާ މި ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ މި މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރި ޝާލީޒް ތެރަންގެ ސުޕަހީރޯ ފިލްމު "ދި އޯލްޑް ގާޑް" ގެ ޑައިރެކްޓަރު ޖީނާ ޕްރިންސް-ބައިތުވުޑެވެ.

އޭނާ އަކީ ކުރިން ވެސް ވަރަށް ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. އޭގެ ތެރޭގައި "ލަވް އެންޑް ބާސްކެޓްބޯލް" އާއި "ދަ ސީކްރެޓް ލައިފް އޮފް ބީޒް" ގެ އިތުރުން "ބިޔޯންޑް ދަ ލައިޓްސް" ހިމެނެ އެވެ.

ވެރައިޓީން ބުނި ގޮތުގައި ޓްރައިސްޓާ ޕިކްޗާޒް އިން ޕްރޮޑިއުސްކުރާ "ދަ ވުމަން ކިންގް" ގެ ތައްޔާރީތައް މިހާރު ވެސް ވަނީ ވާން ފަށައިފަ އެވެ. މި ފިލްމުގައި ވައޯލާ ފެނިގެންދާނީ އޭނާގެ ވަޒަނުގެ ދިފާއުފައި މަސައްކަތްކުރާ އަންހެން އަސްކަރީ ލަޝްކަރެއްގެ އިސްކޮށް ހުންނަ ނެނިސްކާ ކިޔާ ކެރެކްޓާއެކެވެ.

ވައޯލާ، 54، އަކީ 2017 ފިލްމު "ފެންސް" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އޮސްކާ އެވޯޑް ހޯދާފައިވާ ވަރަށް ހުނަރުވެރި ފަންނާނެކެވެ.

"ދަ ވުމަން ކިންގް" މައި އެއް ކެރެކްޓާ އަށް އޭނާ ސޮއިކުރި ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނާއި މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ދަ ވުމަން ކިންގް" ހަދަން ނިންމި އިރު، ޖީނާގެ އެހެން ދެ ފިލްމެއް ވެސް ކުރިިއަށް އެބައޮތެވެ. އެއީ "ސިލްވަ ސޭބްލް" އާއި "ބްލެކް ކެޓް" އެވެ. އަދި "ދި އޯލްޑް ގާޑް" ގެ ސީކްއެލްއެއް ހަދަން ވެސް އޭނާ ވަނީ ނިންމައިފަ އެވެ.