މީރުވަސް ދުވާ މޮޅު ސެނިޓައިޒާ ރީއިންވެންޓުން ތައާރަފުކޮށްފި
މީރުވަސް ދުވާ މޮޅު ސެނިޓައިޒާ ރީއިންވެންޓުން ތައާރަފުކޮށްފި

ސިންގަޕޫރުގެ މޮޅު އުފެއްދުމެއް ކަމަށްވާ "ސެނިޓައިޒާ ގާޑް" ހޭންޑް ސެނިޓައިޒާ ރީއިންވެންޓް މޯލްޑިވްސް އިން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

މީރުވަސް ދުވާ މޮޅު ސެނިޓައިޒާ ރީއިންވެންޓުން ތައާރަފުކޮށްފި
މީރުވަސް ދުވާ މޮޅު ސެނިޓައިޒާ ރީއިންވެންޓުން ތައާރަފުކޮށްފި

މި ސެނިޓައިޒާ އަކީ ހުތުގައި ހުންނަ ލުއި ވަސް އެކުލެވޭ، އަތްތިލައިގެ ތާޒާކަން ގިނަ ވަގުތަށް ދަމަހައްޓާ "މޮއިސްޗަރައިޒިން" ސެނިޓައިޒާ އެކެވެ. އެހެންވެ ކުޑަކުދިންނާއި، ނާޒުކު ހަން ހުންނަ މީހުންނަށް ވެސް މި ސެނިޓައިޒާ ބޭނުން ކުރެވޭނެ އެވެ.

މި ސެނިޓައިޒާގައި 65 ޕަސެންޓު އަލްކަހޯލް ހިމެނޭއިރު "ކިއުއޭސީ" މާއްދާ ވެސް ހިމެނެ އެވެ. އަތުގައި ހުންނަ ޖަރާސީމް މި ދެ މާއްދާގެ ސަބަބުންވަގުތުން ނައްތާލަދެ އެވެ.

ބައެއް ފަހަރު ބޭނުން ކުރެވޭ ސެނިޓައިޒާގެ ސަބަބުން އަތްތިލަ ތަތްލަވާ ގޮތް ވިޔަސް މި ސެނިޓައިޒާގެ ސަބަބުން މިކަހަލަ އެއްވެސް އުނދަގުލެއް ނުވާނެ ކަމަށް ރީއިންވެންޓުން ބުންޏެވެ.

މި ސެނިޓައިޒާ އަތުގައި އުނގުޅާތާ 10-12 ސިކުންތުގެ ތެރޭގައި ހިކޭނެ އެވެ. ނަމަވެސް ވަހާއި އަސަރު ވަރަށް ގިނައިރު ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިންގަޕޫރުގެ އެސްޖީއެސް ލެބޯޓްރީ އާއި އޭއެލްއެސް ލެބޯޓްރީން ޓެސްޓުކޮށް ސެޓިފިކެޓް ލިބިފައިވާ މި ސެނިޓައިޒާއަކީ އެ ގައުމުގެ ނޭޝަނަލް އެންވަޔަރަމެންޓަލް ބޯޑުން ވެސް ހުއްދަ ދީފައިވާ ސެނިޓައިޒާއެކެވެ. އެހެންވެ ސްކޫލްތަކާއި ކުޑަކުދިން އުޅޭ ސަރަހައްދުތަކުގައި ވެސް މި ސެނިޓައިޒާ ބޭނުންކުރަން ރައްކާތެރިކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ.