އުރީދޫ ސުޕަނެޓްގެ ހިދުމަތް އޮމަދު އަށް
އުރީދޫ ސުޕަނެޓްގެ ހިދުމަތް އޮމަދު އަށް

އުރީދޫގެ ސުޕަނެޓް، ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. އޮމަދު އަށް ތައާރަފުކޮށްފި އެވެ.

އުރީދޫ ސުޕަނެޓްގެ ހިދުމަތް އޮމަދު އަށް
އުރީދޫ ސުޕަނެޓްގެ ހިދުމަތް އޮމަދު އަށް

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިން ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ހިދުމަތަކީ މުޅި ރާއްޖެ އަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޮމަދޫގެ އުރީދޫ ކަސްޓަމަރުންނަށް ދޭން ފެށި ހިދުމަތެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު ރަށްތަކަށް ވެސް މި ހިދުމަތް ތައާރަފުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

އުރީދޫން އަންނަނީ ރާއްޖޭގައި އިންޓަނެޓުގެ ފެންވަރު ރަނގަޅު ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ވައިފައި ކޯލިން އާއި 5ޖީ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުން ހިމެނެ އެވެ.