ދެން ބޯޑަރު ބަންދުކުރާނެ ކަމަކަށް ލަފައެއް ނުކުރެވޭ: ފައްޔާޒު
ދެން ބޯޑަރު ބަންދުކުރާނެ ކަމަކަށް ލަފައެއް ނުކުރެވޭ: ފައްޔާޒު

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ދެން ބޯޑަރު ބަންދުކުރާނެ ކަމަކަށް ލަފައެއް ނުކުރެވޭ: ފައްޔާޒު
ދެން ބޯޑަރު ބަންދުކުރާނެ ކަމަކަށް ލަފައެއް ނުކުރެވޭ: ފައްޔާޒު

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކުރިތާ ހަތަރު މަސް ފަހުން ބޯޑަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާއާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު އެކި ގައުމުތަކުން ބޯޑަރު ބަންދުކުރީ އެ ގައުމުތަކަށް ވައިރަސް އައުން ކޮންޓްރް ކުރަް ކަމަށެވެ. ނަމަވެސް މިހާރު ވަނީ މުޅި ދުނިޔޭގައި ވައިރަސް ފެތުރި، އެއާއެކު އުޅެން ޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މިއޮތީ މުޅި ދުނިޔެއަށް ވައިރަސް ފެތުރިފައި. ދެން އޮންނާނީ ވައިރަސް ކޮންޓްރޯލްކުރުމާއި މެނޭޖު ކުރުން. ސްޕައިކްސް އުޅެދާނެ. އެއަށް ވަކި ޓާގެޓެޑް އެކްޝަން ނަގާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ،" ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރުމުން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވާ ފައްޔާޒް ވިދާޅުވި އެވެ.

ނަމަވެސް ފައްޔާޒް ވިދާޅުވީ ބޯޑަރު އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ނުބެލެވުނު ކަމުގައި ވިޔަސް ބަލީގެ ހާލަތާ ގުޅޭ ގޮތުން އެޗްޕީއޭ އާއި ކަމާ ބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދީފި ނަމަ އެގޮތަކަށް އަމަލުކުރާނެ ކަމަށެވެ.

ޓޫރިސްޓުންނަށް ރާއްޖެ އަލުން ހުޅުވާލުމާ އެކު މިއަދު ވެސް 100 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިފަ އެވެ. ނަމަވެސް މިއީ އާއްމު ހާލަތާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ. މި އަދަދު އިތުރުވާނެ ކަމަށް ފައްޔާޒު ލަފާކުރައްވާފައިވަނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގަ އެވެ.

ޓޫރިޒަމް ރަނގަޅުވާން ދުވަސްތަކެއް ނެގި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މިއަހަރު އަންނާނެ ކަމަށް ލަފާކުރި ވަރަށް ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެކި ގައުމުތަކުގައި ޑިޖިޓަލް ކެމްޕޭނުތައް ކުރުމާއި އެއާލައިންތަކުގެ ދަތުރުތައް ގިނަ ކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުނޑުމެންގެ އަމާޒަކީ މިއަހަރު އަންނަ ޓޫރިސްޓުންގެ އަދަދު އަށް ލައްކައާ ހަމައަށް ރީޗުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނަން އެހާ ހިސާބަށް ދެވޭތޯ،" ފައްޔާޒް ވިދާޅުވި އެވެ.