ބްރެޑް ޕިޓް އަލުން ހަޔާތަށް ގެންނަން އެންޖެލީނާ ޖޯލީ "ދެވަނަ ވިސްނުމަކަށް"
ބްރެޑް ޕިޓް އަލުން ހަޔާތަށް ގެންނަން އެންޖެލީނާ ޖޯލީ "ދެވަނަ ވިސްނުމަކަށް"

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް ގެންނަން ޖޮލީ ނިންމި ވާހަކައާ އެކު އެތައް ބަޔަކަށް ލިބުނީ ހައިރާންކަމާއި ހިތްދަތި ކަމެކެވެ. ދެ މީހުންގެ ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓްގަ އެވެ.

ބްރެޑް ޕިޓް އަލުން ހަޔާތަށް ގެންނަން އެންޖެލީނާ ޖޯލީ "ދެވަނަ ވިސްނުމަކަށް"
ބްރެޑް ޕިޓް އަލުން ހަޔާތަށް ގެންނަން އެންޖެލީނާ ޖޯލީ "ދެވަނަ ވިސްނުމަކަށް"

އަނެއްކޮޅުން ޕިޓް ކައިރިން ވަރިވާން ޖޮލީ ނިންމި ސީދާ ސަބަބެއް ވެސް މިހާތަނަށް އޮތީ ސާފު ނުވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެފަދަ ނިންމުމެއް ޖޮލީ، 41، ނިންމީ ސިއްރު ގުޅުންތަކެއް ޕިޓް، 52، ހިންގާ ކަމަށް ޝައްކު ކުރެވުމާއި ދޮށީ ދަރުފުޅު މެޑޮކްސް އަށް ޕިޓްގެ ފަރާތުން އަނިޔާތަކެއް ލިބެމުން ދިއުމާ ގުޅިގެންނެވެ.

ތިން ވަނަ ކައިވެނި ރޫޅާލަން ޖޮލީ ނިންމި ނިންމުމަކީ އެހާ ބުއްދިވެރި ނިންމުމެއް ނޫން ކަމަށާއި އެއީ ވިސްނާ ނުލައި އަވަސް އަރުވާލައިގެން ނިންމުނު ނިންމުމެއް ކަމަށް މި ވާހަކަތައް ފެންމަތިވުމާ އެކު ޖޮލީ އާއި ޕިޓާ ގާތް ބައެއް މީހުން ވެސް ދިޔައީ ބުނަމުންނެވެ.

އެ ދެ މީހުން 2004 އިން ފެށިގެން ޑޭޓް ކުރުމަށް ފަހު، ކައިވެނި ކުރީ 2014 ގަ އެވެ.

އެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ. ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ސުލްހަވެރިވެ، ހަޔާތަށް އަލުން ޕިޓް ގެންނަން ޖޮލީ މިހާރު އަންނަނީ ދެވަނަ ވިސްނުމަކަށް ދާން ނިންމައިފަ އެވެ. އެހެންވެ ކޯޓްގައި އޮތް ވަރީގެ މައްސަލާގައި އަވަސް އަރުވާލައިގެން ކުރިއަށް ދިއުމުގެ ވިސްނުން ވެސް ޖޮލީ މިހާރު ވަނީ ދޫކޮށްލައިފައި ކަމަށްވެ އެވެ.

އަދި ވަރަށް ސީރިއަސްކޮށް ވަރިއާ ދޭތެރޭ ދެވަނަ ވިސްނައި، ވާހަކަ ދައްކައިގެން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ޖޮލީ މިހާރު ހުރީ ނިންމައިގެން ކަމަށްވެ އެވެ.

އަނެއްކޮޅުން ދަރިން ވެސް ބައްޕަ "މިސްވެގެން" އެ ވާހަކަ އަބަދު ދައްކާތީ އާއި ކުއްލިއަކަށް ޕިޓާ ވަކިވާން ޖެހުމުން، ޖޮލީގެ ހަޔާތަށް ވެސް ވަރަށް ބޮޑު ހުސްކަމަކާއި އެކަނިވެރިކަމެއް އައިިސްފައިވާ ކަމަށް ޖޮލީގެ ގާތް ބައެެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.

ޕިޓް ކައިރިން ވަރިވާން ޖޮލީ ނިންމުމާ އެކު ޕިޓަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އެހެންވެ އޭނާ އަށް ކުރިމަތިވި ހިތްދަތިކަމާއި އެކަނިވެރިކަމާއި ނަފުސާނީ އުނދަގޫތަކުން ސަލާމަތްވުމަށް ވީހާ ވެސް ބޮޑަށް މަސައްކަތުގެ ތެރޭގައި ޕިޓް އުޅެނީ މަޝްއޫލުވެގެންނެވެ. ހަމައާ އެކު ޕިޓްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަހުގީގު ވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.

ޖޮލީ އާ ކައިވެނި ކުރުމުގެ ކުރިން ޕިޓް ވަނީ "ފްރެންޑްސް" އިން ވިދާލި މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާ ވެސް ކައިވެނިކޮށްފަ އެވެ. އެ ކައިވެނި ރޫޅުނީ 2005 ގަ އެވެ.