ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ހުޅުވަނީ
ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ހުޅުވަނީ

ޒިއުރިކް (ޖޫން 1) - ގާތްގަނޑަކަށް 70 އަހަރުގެ މަސައްކަތަށް ފަހު ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ސްވިޒަލެންޑުގައި މިއަދު ހުޅުވާނެ އެވެ.

ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ހުޅުވަނީ
ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ހުޅުވަނީ

ސްވިޒަލެންޑުގެ އިންޖިނިއާ ކާލް އެޑުއާޑް ގްރޫނާ 1947 ވަނަ އަހަރު ޑިޒައިން މަސައްކަތް ފެށި މި ޓަނަލުގެ ދިގު މިނުގައި 57 ކިލޯ މީޓަރު (35 މޭލު) ހުރެ އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ ޓަނަލްގެ ހެދުމުގެ އަމަލީ މަސައްކަތް ފެށީ 1999 ވަނަ އަހަރު އެވެ. ގޮތާޑް ބޭސް ޓަނަލް ހެދުމަށް ހޭދަވި 17 އަހަރު ދުވަހު ތެރޭ ވަނީ 12 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ހުޅުވަނީ
ދުނިޔޭގެ އެންމެ ދިގު ރޭލް ޓަނަލް ހުޅުވަނީ

ޓަނަލް ހުޅުވުމަށް ބާއްވާ ފުރަތަމަ ދަތުރުގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާއި ފްރާންސްގެ ރައީސް ފްރާންސުވާ އޮލެންޑާ، އިޓަލީގެ ބޮޑު ވަޒީރު މަޓިއޯ ރެންޒީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ޓަނަލްގެ ދަތުރުތައް އާއްމުކޮށް ހުޅުވާލާނީ ޑިސެމްބަރު މަހު އެވެ. މި ޓަނަލުގެ ސަބަބުން ޒިއުރިކުން އިޓަލީގެ މިލާނަށް ކުރާ ދަތުރު މިހާރު ކުރާ ދަތުރުން އެއްގަޑިއިރު އަވަސްވާނެ އެވެ.

ސްވިސް ފެޑެރަލް ރޭލްވޭ ސާވިސް އިން ބުނީ ރޭލް ޕަސިންޖަރުންގެ އަދަދު ދުވާލަކު މިހާރު ދަތުރު ކުރާ 9،000 އިން 2020 ވަނަ އަހަރު 15،000 މީހުންނަށް އިތުރުވާނެ ކަމަށެވެ.

މި ޓަނަލް ދަތުރުކުރާ އިރު ފަރުބަދަތަކަށް ވުރެ ތިރިން 2.3 ކިލޯ މީޓަރުގެ ދިގު މިނަށް ދަތުރުކުރާނެ އެވެ.

ގޮތާޑް ޓަނަލް ރަސްމީކޮށް ހުޅުވުމުން އެންމެ ދިގު ޓަނަލްގެ ރެކޯޑް ލިބޭނެ އެވެ. އެންމެ ދިގު ޓަނަލްގެ ރެކޯޑް ކުރިން އޮންނަނީ 53.9 ކިލޯ މީޓަރު ހުންނަ ޖަޕާނުގެ ސެއިކަން ޓަނަށެވެ. ތިން ވަނަ އަކީ އިންގްލެންޑާއި ފްރާންސް ގުޅުވާލަދޭ ޔޫރޯ ޓަނަލެވެ. މި ޓަނުގެ ދިގު މިނަކީ 50.5 ކިލޯ މީޓަރެވެ. --އޭއެފްޕީ