ވައިރަހުގެ ބިރުބޮޑުވެ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދު
ވައިރަހުގެ ބިރުބޮޑުވެ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދު

ކޮލަމްބޯ (ޖުލައި 13) - ވޭތުވެދިޔަ ދުވަސްތަކުގައި ލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން މިއަދުން ފެށިގެން ހަފުތާއަކަށް ސްކޫލްތައް އަނެއްކާވެސް ބަންދު ކުރަން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ވައިރަހުގެ ބިރުބޮޑުވެ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދު
ވައިރަހުގެ ބިރުބޮޑުވެ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދު

ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހު ތެރޭ ލަންކާ އިން ވަނީ ގާތްގަނޑަކަށް 400 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ވައިރަހުގެ ބިރުބޮޑުވެ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދު
ވައިރަހުގެ ބިރުބޮޑުވެ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދު

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކޫލް މާހައުލަކީ ރައްކާތެރިކަން ގާއިމްވެފައިވާ ތަނަކަށް ހެދުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އެހެންވެ ސިއްހީ އަދި ސަލާމަތީ ފަރާތްތަކުން ނެރެފައިވާ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ހުރިހާ ސްކޫލެއް މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަކަށް ބަންދުކުރަން ނިންމީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ ލަންކާގެ މިހާރުގެ ހާލަތަށް ރިޔާއަތްކޮށް ޓީޗަރުންނާއި ޕްރިންސިޕަލުން އަދި ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ ވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. ލަންކާގެ ހާލަތާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫތު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ވަނީ އިންފޮމޭޝަން ސެންޓަރެއް ވެސް ގާއިމްކޮށްފަ އެވެ. ލަންކާގެ ހުރިހާ ސަރަހައްދެއްގެ ސްކޫލްތަކުގެ ހާލަތު އެ ސެންޓަރުން ހޯދާނެ އެވެ.

ސްރީ ލަންކާ އިން މިހާތަނަށް ވަނީ 2،617 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 106 މީހުން ޕޮޒިޓިވްވެފަ އެވެ. ލަންކާ އިން 1981 މީހުން ބަލިން ރަނގަޅުވި އިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 625 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ލަންކާ އިން މިހާތަނަށް ކޮށްފައި ވަނީ 122،071 ޓެސްޓެވެ. ކޮންމެ މިލިއަނެއްގެ ތެރޭން ޓެސްޓްކޮށްފައި ވަނީ 5،700 މީހުންނެވެ.