ކޭސްތައް އިތުރުވެ އިންޑިއާގެ 90 މިލިއަން މީހުން އަލުން ލޮކްޑައުންއަށް
ކޭސްތައް އިތުރުވެ އިންޑިއާގެ 90 މިލިއަން މީހުން އަލުން ލޮކްޑައުންއަށް

ވެސްޓް ބެންގާލް (ޖުލައި 9) - އާ ކޭސްތައް އިތުރުވާން ފެށުމުން އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގާލް އަލުން ލޮކްޑައުން ކުރަން ނިންމައިފި އެވެ.

ސްޓޭޓުގެ ސަރުކާރުން ބުނީ 90 މިލިއަން މީހުން ދިރިއުޅޭ އެ ސްޓޭޓުގައި ބަލި ބޮޑަށް ފެތުރޭ ސަރަހައްދުތައް އޮންނާނީ ވަރަށް ހަރުކަށި ލޮކްޑައުންގައި ކަމަށެވެ. އެ ސަރަހައްދުތަކުގެ ހުރިހާ އޮފީސްތަކެއް ބަންދުކޮށް، އެއްގަމު ދަތުރުފަތުރު ވެސް ހުއްޓާލާނެ އެވެ. ބަންގްލަދޭޝްގެ ބޯޑަރާ ގުޅިފައި އޮންނަ ސްޓޭޓުގެ މާކެޓްތައް ވެސް ބަންދުކޮށް، ސިނާއީ އެއްވެސް މަސައްކަތެއް ވެސް ނުކުރާނެ އެވެ.

ސްޓޭޓުގައި މިއަދުން ފެށިގެން އެޅި ފިޔަވަޅުތައް ފުރަތަމަ ކުރިއަށް ގެންދާނީ ހަފުތާއަކަށެވެ.

ވެސްޓް ބެންގާލުން ވަނީ 24،823 މީހުން ޕޮޒިޓިވްވެފަ އެވެ. އިންޑިއާގައި އެންމެ ހާލަތު ގޯސް އެއް ސްޓޭޓް ކަމަށްވާ ވެސްޓް ބެންގާލުން އަންގާރަ ދުވަހު އެކަނިވެސް ވަނީ 800 މީހުން ޕޮޒިޓިވްވެފަ އެވެ.

އިންޑިއާ އަކީ މިހާރު ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ގައުމެވެ. އެ ގައުމުން 769,150 މީހުން ޕޮޒިޓިވްވެ 21,151 މީހުން ވަނީ މަރުވެފަ އެވެ.