09 ޖުލައި 2020 - 11:47

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ ބައިވެރިވެގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބައިވެރިވިން އެކަހެރިވާން އެޗްޕީއޭ އިން އަންގައިފި އެވެ.
އެއީ އެ ދުވަހު ހަވީރު އޮތް އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން ވަނީ ގޭގައި އެކަހެރިވާން އެންގިކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.
އެ ކޮންގްރެސްގައި ވެސް އެ އޮފިޝަލް ބައިވެރިވި އެވެ. އެކަމަކު ކޮންގްރެސްގެ ބައިވެރިން އެކަހެރިވާން އެންގި ކަމެއް އެނގިފައެއް ނެތެވެ. ޕްރެސް ބޭއްވީ އެފްއޭއެމް ހައުސްގެ އެއާ-ކަންޑިޝަންކުރި ރޫމެއްގަ އެވެ. އެކަމަކު ކޮންގްރެސް ބޭއްވީ އެތަނުގެ ޓެރަހުގައި، އޯޕަން-އެއާ މާހައުލެއްގަ އެވެ.
މިކަމުގައި އެފްއޭއެމްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.