ދެވަނަ ރާޅާ އެކު ފަސް މިލިއަން މީހުންގެ ސިޓީ ލޮކްޑައުންއަށް
ދެވަނަ ރާޅާ އެކު ފަސް މިލިއަން މީހުންގެ ސިޓީ ލޮކްޑައުންއަށް

މެލަބަން (ޖުލައި 8) - ދެވަނަ ރާޅެއްގެ ކޭސްތައް ފެންނަން ފެށުމާ އެކު އޮސްޓްރޭލިއާ ގަޑިން މިރޭ 12 އިން ފެށިގެން، ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލްބަން ލޮކްޑައުން ކުރަން ނިންމައިފި އެވެ.

ހަ ހަފުތާ އަށް ލޮކްޑައުން ކުރުމުން މެލްބަންގެ ރައްޔިތުންގެ މާޔޫސްކަން ވަނީ ބޮޑުވެފަ އެވެ. ކުދި ވިޔަފާރިތަކުން މިހާރު ވަނީ އެ މީހުން ސަލާމަތްވެދާނެކަމާ މެދު ސުވާލު އުފެދިފަ އެވެ.

ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ގައުމު އޮތީ މެލްބަންގެ ރައްޔިތުންނާ އެކު ކަމަށެވެ. މެލްބަން އިން ވަނީ ކުރިން އެއް ފަހަރު ލޮކްޑައުން ތަޖްރިބާކޮށްފައި ކަމަށާއި ދެން ވެސް އެކަން ކުރެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ވިކްޓޯރިއާ ސްޓޭޓް ސަރުކާރުން ބުނީ ލޮކްޑައުން ކުރަން ޖެހުނީ އެނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އެ ސްޓޭޓުގައި ބުދަ ދުވަހާ ހަމައަށް އެކްޓިވް ކޭސްގެ އަދަދު 860 ގައި އުޅޭ އިރު އަލަށް ވަނީ 134 މީހުން ޕޮޒިޓިވްވެފަ އެވެ. ކޮމިއުނިޓީ ޓްރާންސްމިޝަނެއްގެ ގޮތުގައި ދުވާލަކު އެވްރެޖްކޮށް ދަނީ 100 ކޭސް ފެންނަމުންނެވެ.

އޮސްޓްރޭލިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ލޮކްޑައުން އަށް ދާން ނިންމުމާ އެކު މިއަދު ވަނީ ސުޕަމާކެޓްތަކަށް ބާރު ބޮޑުވެފަ އެވެ.