މިހިރު މިޝްރާ އާއި މަނިނީ ދޭގެ 16 އަހަރުވީ ކައިވެނި ރޫޅާލައިފި
މިހިރު މިޝްރާ އާއި މަނިނީ ދޭގެ 16 އަހަރުވީ ކައިވެނި ރޫޅާލައިފި

ޓީވީ ބަތަލާ މަނިނީ ދޭ އާއި ޓީވީ އެކްޓަރު މިހިރް މިޝްރާގެ 16 އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.

ދެހާސް ހަތަރެއްގައި ކުރި ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. މި ދެ ތަރިން ވަކިވިކަން މީޑިއާތަކަށް ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ވަނީ ދެކޮޅު ހަދައިފަ އެވެ.

މަނިނީ ބުނި ގޮތުގައި ކައިވެނި ރޫޅައިލި ސަބަބު މީޑިއާތަކުގައި ދައްކަން ޖެހޭ ވަރަށް ވުރެ އެއީ ޒާތީ ވާހަކައެކެވެ.

މަނިނީ އާއި މިހިރުގެ ހުންނަނީ އަންހެން ދަރިއެކެވެ. އެއީ މިހާރު ފުރާވަރަށް އަރާފައި ހުރި ދިއާނޫރު މިޝްރާ އެވެ.

މިހާތަނަށް ވަރަށް ގިނަ ސިލްސިލާތަކުން ފެނިފައިވާ މަނިނީ ސަޕޯޓިން ރޯލްތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދި އިޔާ" އާއި "ފެޝަން" އާއި "ކްރިޝް" ހިމެނެ އެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ލާލު އިޝްގް" އާއި "ހައިވާން: ދަ މޯންސްޓާ" އާއި "ނާމްކަރަން" އަދި "ޖެއްސީ ޖޭސީ ކޮއި ނެހީ" ފާހަގަކޮށްލެވެ އެވެ.

މިހިރް، 43، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ލާލު އިޝްގް" އާއި "އިޝްގް މޭ މަރުޖާވާ" އާއި "އޭކް ހަސީނާ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.