ތިލަފުށީގެ ގުދަނުގައި ދޭތެރެދޭތެރެއިން އަދިވެސް ހުޅު އެބަ ރޯވޭ
ތިލަފުށީގެ ގުދަނުގައި ދޭތެރެދޭތެރެއިން އަދިވެސް ހުޅު އެބަ ރޯވޭ

ސިފައިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ގުދަނުގެ ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފައި.

ތިލަފުށީގެ ގުދަނުގައި ދޭތެރެދޭތެރެއިން އަދިވެސް ހުޅު އެބަ ރޯވޭ
ތިލަފުށީގެ ގުދަނުގައި ދޭތެރެދޭތެރެއިން އަދިވެސް ހުޅު އެބަ ރޯވޭ

އެމްއެންޑީއެފުން ދެންމެ ބުނީ، ހޫނުގެ ސަބަބުން ދޭތެރެދޭތެރެއިން ގުދަނުގައި ހުޅުގެ ރޯވަމުންދާ ކަމަށް. އެހެންވެ، އަލިފާންގަނޑު ކޮންޓްރޯލް ކުރި ފަހުން ވެސް ސިފައިން ދަނީ ހުއްޓުމެއް ނެތި ފެން ޖަހަމުން ކަމަށް އެމްއެންޑީއެފުން ބުނޭ.

ތިލަފުށީގެ ގުދަނުގައި ދޭތެރެދޭތެރެއިން އަދިވެސް ހުޅު އެބަ ރޯވޭ
ތިލަފުށީގެ ގުދަނުގައި ދޭތެރެދޭތެރެއިން އަދިވެސް ހުޅު އެބަ ރޯވޭ

ތިލަފުށީގައި ހުރި ގުދަނުގައި ރޯވި އަލިފާން ނިއްވާލެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނޭ. އެކަމަކު އެ ހާދިސާގައި ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވޭ.

އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާންގަނޑު 90 ޕަސެންޓަށް ކޮންޓްރޯލް ވެއްޖެ ކަމަށް.

އަލިފާން ރޯވެފައިވާ ސައިޓުގައި މައިގަނޑު ގޮތެއްގައި ހުންނަނީ ދަގަނޑާއި ދަވާދު ފަދަ ބާވަތްތައް.

ތިލަފުށީގައި ހުރި މީހަކު ބުނީ، އަލިފާންގަނޑު ނިއްވުމަށް ސިފައިން މިހާރު ފޯމު ޖަހަމުން އަންނާތީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަމުން އަންނަ ކަމަށް. ނަމަވެސް އަލިފާންގަނޑު ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ބުނި. ޚާއްސަކޮށް ސެކިއުއާ ބޭގްގެ ސައިޓާ ޖެހިގެން ދޯނިފަހަރު ބަންނަ ތަނެއް ހުރުމުން، އަލިފާންގަނޑު ފެތުރި އިތުރަށް ގެއްލުން ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް.

އަލިފާންގަނޑު ކޮންޓްރޯލް ނުވާތީ، މާލެ އިން އަނެއްކާ ވެސް އިތުރު ފަޔާ ޓީމެއް ތިލަފުއްޓަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނި.

އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް. އެ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ކަމަށް ސިފައިން ބުނޭ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ދަވާދު ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ބުނި.

ސިނާއީ ރަށް ތިލަފުށީގައި އޮތް އަމިއްލަ ފަރާތެއްގެ ސައިޓެއްގެ ރޯވެ އަނދަމުން އެބަ ދެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ރޯވެފައި ވަނީ ސެކިއުއާ ބޭގް ކުންފުނީގެ ގުދަނެއްގަ އެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިސަަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ، އެ ރަށުގައި އަލިފާން ރޯވެގެން އުޅޭ ތަަނުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަމަކު އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވާ ކަމަށެވެ.

އެހެންވެ، ފަޔާ އެންޑް ރެސްކިއުގެ ބެކަޕްޓީމެއް ތިލަފުއްޓަށް ދަތުރުކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.