ޓިކްޓޮކް ހޮންކޮންގު ދޫކޮށް ދަނީ
ޓިކްޓޮކް ހޮންކޮންގު ދޫކޮށް ދަނީ

ޗައިނާގެ މަޝްހޫރު އެޕް ޓިކްޓޮކް ހޮންކޮންގްގައި އޮޕަރޭޓްކުރަން ހުއްޓާލަން ނިންމައިފި އެވެ.

ޓިކްޓޮކް ހިންގާ ކުންފުނި ބައިޓްޑާންސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ނިންމުމަކީ މި ފަހަކަށް އައިސް ޗައިނާއާ ދެކޮޅަށް ހޮންކޮންގްގައި ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން ނިންމި ނިންމި ނިންމުކެވެ. އެހެންވެ ވަރަށް އަވަހަށް ހޮންކޮންގް މާކެޓް ޓިކްޓޮކް ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

ބައިޓްޑާންސުން ބުނި ގޮތުގައި މިފދަ ނިންމުމެއް ނިންނި ނަމަވެސް މި ކަމުގައި ޗައިނާގެ ސަރުކާރުގެ އަތެއް ނެތެވެ. އަދި އެ ގައުމުގެ ސަރުކާރުގެ އެންގުމަށް އެއްވެސް ބައެއްގެ ޑޭޓާ ހިއްސާނުކުރާ ކަމަށާއި އެކަހަލަ ކަމަކަށް ސަރުކާރުން އެއްވެސް އިރެއްގައި އެދިފައި ވެސް ނުވާ ކަމަށް ބުންޏެވެ.

ބައިޓްޑާންސުން ބުނިގޮތުގައި ހޮންކޮންގްގައި ޓިކްޓޮކް ހުއްޓައިލިޔަސް މާލީގޮތުން ވާނެ މާ ބޮޑު ގެއްލުމެއް ނެތެވެ. ސަބަބަކީ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ނިސްބަތް އެތަނުގައި އެހާ ގިނަ އަދަކަކަށް ނެތުމެވެ. ނަމަވެސް އެ ޕްލެޓްފޯމަކީ ޗައިނާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ހޮންކޮންގައި ބައެއް މީހުން ބޭނުންކުރާ އެއްޗެކެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮންކޮންގްގައި ޓިކްޓިކް ހުއްޓައިލުމަށް ފަހު އެ ޕްލެޓްފޯމްގެ ޗައިނާ ވާޝަން ޑޯޔިން ހޮންކޮންގަށް ތައާރަފުކުރާނެ އެވެ. ނަމަވެސް ބައިޓްޑާންސުން ވަނީ މި ވަގުތަށް އެކަހަލަ ޕްލޭނެއް ވެސް ނެތް ކަމަށް ބުނެފަ އެވެ.

ޗައިނާގެ އެންގުމަކަށް ފޭސްބުކަކީ ވެސް ހޮންކޮންގްގައި ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި އޮންނަ ޕްލެޓްފޯމެކެވެ.

ޗައިނާ އަކީ އެ ގައުމުގެ މުށުތެރޭގައި ހޮންކޮންގް ގެންގުޅެން މަސައްކަތްކުރާ ގައުމެކެވެ. އެގޮތުން މީގެ ދެ އަހަފުތާއެއް ދުވަސް ކުރިން ވެސް ވަނީ އެކަމަށް މަގުފަހިވާ ގާނޫނެއް ފާސްކޮށްފަ އެވެ. އެގޮތުން އެ އެ ގާނޫނު ބައްޓަންކޮށްފައި ވަނީ ހޮންކޮންގްގައި ޓެރަރިޒަމް ހުއްޓުވުމާއި ބޭރު ބަޔަކު އެތަނުގެ ދާޚިލީ ކަންކަމާ ބެހޭ ނަމަ އެކަން ހުއްޓުވުމުގެ ބާރު ޗައިނާ އަށް ލިބިދޭ ގޮތަށެވެ.