06 ޖުލައި 2020 - 15:44

ނިއު ދިއްލީ (ޖުލައި 6) - އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ގާތްގަނޑަކަށް 700،000 އަށް އަރާފައިވާ އިރު އޭގެ ތެރޭން 70 ޕަސެންޓް ކޭސް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ޖޫން މަހު އެވެ.
އިންޑިއާއަކީ މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ތިން ވަނަ އަށް އެންމެ ގިނަ ގައުމެވެ. މެއި މަސް ނިމުނު އިރު އިންޑިއާ އޮތީ ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ހަތް ވަނައިގަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 699,402 މީހުން ޕޮޒިޓިވްވެ 19،707 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 425,070 މީހުންނެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާ އިން ވަނީ 2,983,155 މީހުން ޕޮޒިޓިވްވެ 132،571 މީހުން މަރުވެފަ އެވެ. ދެވަނައިގައި އުޅޭ ބްރެޒިލުން ވަނީ 1,604,585 މީހުން ޕޮޒިޓިވްވެ 64،900 މީހުން މަރުވެފަ އެވެ.
1. މަހާރާޝްތުރާ: 206,619
2. ޓަމިލް ނާޑޫ: 111,151
3. ނިއު ދިއްލީ: 99,444
4. ގުޖުރާތު: 36,123
5. އުއްތަރަ ޕްރަދޭޝް: 27,707
6. ތެލަންގާނާ: 23,902
7. ކަރްނާޓަކާ: 23،474
8. ވެސްޓް ބެންގާލް: 22،1264
9. ރާޖަސްތާން: 20،164
10: އަންދުރަ ޕްރަދޭޝް: 18،697