އިއްޔެ އަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެއް
އިއްޔެ އަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެއް

ޖެނީވާ (ޖުލައި 5) - ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ރެކޯޑް އަދަދެއް ކަމަށްވާ 212,326 މީހުން މުޅި ދުނިޔެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

މީގެ ކުރިން އެއްދުވަސް ތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ލައްކަ އަށް އަރައިފައެއް ނުވެ އެވެ. މީގެ ކުރިން ރެކޯޑް އަދަކަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ޖޫން 28 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 189،077 މީހުން ޕޮޒިޓިވްވެފަ އެވެ.

ކޭސްތައް އެންމެ ގިނައިން އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި ތިން ގައުމަކުންނެވެ. އެމެރިކާ އިން 54,904 މީހުން ޕޮޒިޓިވްވެފައިވާ އިރު ބްރެޒިލުން 41،988 މީހުން އަދި އިންޑިއާ އިން 22,721 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެ މަރުވި މީހުންގެ އަދަދަކީ 5,170 އެވެ.

މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 11,386,433 މީހުން ޕޮޒިޓިވްވެ 533,581 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 6,445,057 މީހުންނެވެ.

1. އެމެރިކާ: ޕޮޒިޓިވްވި: 2,935,770 މަރުވި: 132,318

2. ބްރެޒިލް: ޕޮޒިޓިވްވި: 1,578,376 މަރުވި: 64,365

3. ރަޝިޔާ: ޕޮޒިޓިވްވި: 674,515 މަރުވި: 10,027

4. އިންޑިއާ: ޕޮޒިޓިވްވި: 673,904 މަރުވި: 19,279

5. ޕެރޫ: ޕޮޒިޓިވްވި: 299,080 މަރުވި: 10,412

6. ސްޕޭން: ޕޮޒިޓިވްވި: 297,625 މަރުވި: 28,385

7. ޗިލީ: ޕޮޒިޓިވްވި: 291,847 މަރުވި: 6,192

8. ޔޫކޭ: ޕޮޒިޓިވްވި: 284,900 މަރުވި: 44,198

9. މެކްސިކޯ: ޕޮޒިޓިވްވި: 252,165 މަރުވި: 30,366

10. އިޓަލީ: ޕޮޒިޓިވްވި: 241,419 މަރުވި: 34,854