ކޯޓުގައި ޕީޕީއެމް ތަމްސީލުކުރީ ޔާމީން ފެކްޝަނުން، ހުކުމް ރަނގަޅު ކަމަށް ބުނެފި
ކޯޓުގައި ޕީޕީއެމް ތަމްސީލުކުރީ ޔާމީން ފެކްޝަނުން، ހުކުމް ރަނގަޅު ކަމަށް ބުނެފި

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށް ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި ޕީޕީއެމް ތަމްސީލު ކުރުން ރައީސް ޔާމީންގެ ފެކްޝަނަށް ދިނުމުން ދަށު ކޯޓުގެ ހުކުމުގެ ދިފާއުގައި އެ ޕާޓީން މިއަދު ވާހަކަ ދައްކައިފި އެވެ.

ކޯޓުގައި ޕީޕީއެމް ތަމްސީލުކުރީ ޔާމީން ފެކްޝަނުން، ހުކުމް ރަނގަޅު ކަމަށް ބުނެފި
ކޯޓުގައި ޕީޕީއެމް ތަމްސީލުކުރީ ޔާމީން ފެކްޝަނުން، ހުކުމް ރަނގަޅު ކަމަށް ބުނެފި

ޕީޕީއެމް ދެ ބައިވެ، ރައީސް ޔާމީންގެ ފެކްޝަނަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނެއް އުފެދި ވަނިކޮށް ޕީޕީއެމް ތަމްސީލު ކުރުމުގެ ފުރުސަތު ރައީސް ޔާމީންގެ ފެކްޝަނަށް ލިބުނީ ޕާޓީ ހިންގުން ރައީސް ޔާމީނާއި ހަވާލުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގަ އެވެ.

ކޯޓުގައި ޕީޕީއެމް ތަމްސީލުކުރީ ޔާމީން ފެކްޝަނުން، ހުކުމް ރަނގަޅު ކަމަށް ބުނެފި
ކޯޓުގައި ޕީޕީއެމް ތަމްސީލުކުރީ ޔާމީން ފެކްޝަނުން، ހުކުމް ރަނގަޅު ކަމަށް ބުނެފި

ޕީޕީއެމް ތަމްސީލު ކުރުމުގެ ފުރުސަތު ރައީސް ޔާމީންގެ ފެކްޝަނަށް ކޯޓުން ދިނުމުން ޕީޕީއެމްގެ ފަރާތުން މިއަދު މެންދުރު ފަހު ބޭއްވި އަޑުއެހުމަށް ހާޒިރުވީ ރައީސް ޔާމީން ފެކްޝަނުން ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމަށް ހަމަޖެއްސި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލެވެ.

ޚަލީލާ އެކު ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހާޒިރުވި، ހުސައިން ސިރާޖް މުޅިން ވެސް ވާހަކަ ދެއްކެވީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ވިދާޅުވެ އެވެ. ސިރާޖް ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުން ބޭއްވުމަކީ މައުމޫންގެ ޒިންމާއެއް ނަމަވެސް އެކަން އެމަނިކުފާނު ނުކުރައްވާ ކަމަށާއި އެހެންވެ ޕާޓީ ހުއްޓުމަކަށް އައުމުން އިތުރު ގޮތެއް ނެތިގެން އެ ހުކުމް އައީ ކަމަށެވެ.

ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާއި ހަވާލު ނުކުރެވޭނެ ކަމަށް މައުމޫންގެ ފަރާތުން ކޯޓުގައި ބުނާ ބުނުމަށް ރައްދު ދެއްވައި، ސިރާޖް ވިދާޅުވީ ގަވާއިދާ އެއްގޮތަށް މައުމޫން ޕާޓީ ނުހިންގަވާތީ ދެން ކުރެވެން އޮތް ހަމައެކަނި ކަމަކީ ރައީސް ޔާމީނާއި ޕާޓީ ހަވާލު ކުރުން ކަމަށެވެ. ޕާޓީގެ ނައިބު ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ މަގާމުން ވަކިކޮށްފައިވާތީ ނައިބު ރައީސަކު ނެތުމުން ދެން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީނާއި ހަވާލު ކުރުން ކަމަށް ސިރާޖް ވިދާޅުވި އެވެ.

ދަށު ކޯޓަށް ހާޒިރުވާން ޕީޕީއެމަށް އެންގިތޯ އާއި އަބްދުއްރަހީމް ވަކިކުރިތޯ އާއި ކައުންސިލް ބައްދަލުވުންތައް ބޭއްވިތޯ ވިދާޅުވެ، ފަނޑިޔާރުން ސުވާލު ކުރެއްވުމުން ޖަވާބު އެނގޭ ބައެއް ސުވާލުތަކަށް އޭނާ ޖަވާބު ދެއްވި އެވެ.

ޕީޕީއެމް ތަމްސީލު ކުރުން ރައީސް ޔާމީންގެ ފެކްޝަނާއި ހަވާލު ކުރިއިރު ކޮންމެ ފެކްޝަނަކުން ވެސް ވަނީ ވަކި ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި، ނިންމުންތައް ނިންމައިފަ އެވެ. ދެ ފެކްޝަނުން ވެސް ޕާޓީއަށް ސެކެޓްރީ ޖެނެރަލުންނާއި ނައިބުން އައްޔަން ކުރިއިރު ކޮންމެ ފެކްޝަނަކުން ވެސް ބުނަނީ އަސްލު ޕީޕީއެމަކީ އެ ފެކްޝަން ކަމަށެވެ.

މައުމޫންގެ ފެކްޝަނުން ޕާޓީއަށް އައްޔަން ކުރި ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ހައި ކޯޓުގައި ޕީޕީއެމް ތަމްސީލު ކުރަން ހާޒިރުވާން އެ ފެކްޝަނަށް އެންގުމެއް ލިބިފައި ނެތް ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި މައުމޫންގެ ފަރާތުން އޭނާގެ ވަކީލް އަހުމަދު މުއިއްޒު ވަނީ ދަށު ކޯޓުގެ ހުކުމާ މެދު ގިނަ ކަންތައްތަކެއް ފާހަގަކޮށް، އެ ހުކުމް ބާތިލް ކުރުމާ އެކު އެ ހުކުމުގެ ދަށުން ރައީސް ޔާމީންގެ ފެކްޝަނުން ނިންމި ހުރިހާ ނިންމުމެއް ބާތިލްކޮށްދޭން ވެސް އެދިފަ އެވެ.

މީގެ އިތުރުން އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.

އަހުމަދު މުއިއްޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ދަށު ކޯޓަށް މައްސަލަ ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންގެ ވަކީލް އަބްދުﷲ މުއިއްޒު ވިދާޅުވީ ހުކުމަށް އަމަލުކުރުން މަޑުޖައްސާލައިފި ނަމަ ވެރިކަން ކުރާ ޕާޓީ ހުއްޓުމަކަށް އައީ ކަމަށާއި އެފަދަ ނިންމުމެއް ނިންމަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދަށު ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ދަށު ކޯޓުގެ ދައުވާގައި އެދިފައި ނެތް ކަމަކަށް އެ ކޯޓުން ހުކުމްކުރީ ކަމަށް މައުމޫންގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި، ޝިޔާމާއި ޝާހިދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ރިޒާ ވިދާޅުވީ ކޯޓުން އެ ހުކުމްކުރީ އެ ދެ ބޭފުޅުންގެ ފަރާތުން އެދިގެން ކަމަށާއި އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.

އެ ދައުވާ ފުރަތަމަ ހުށަހެޅިއިރު ރައީސް ޔާމީނާއި ޕާޓީ ހިންގުން ހަވާލު ކުރަން އެދިފައި ނެތަސް ދަށު ކޯޓުގައި އެންމެ ފަހު އަޑުއެހުން ބޭއްވި ދުވަހު ބަޔާން ހުށަހެޅިއިރު އެގޮތަށް އެދިފައިވާނެ ކަމަށާއި ކޯޓުން ހުކުމްކުރީ އެހެންވެ ކަމަށް ރިޒާ ވިދާޅުވި އެވެ. އެހެންވެ ނުކުރާ ދައުވާއަކަށް ހުކުމް ކުރީ ކަމަށް ނުބެލެވޭ ކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޒާ ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ ބެންޗުން އިއުލާން ކުރި އެވެ. އެ އަޑުއެހުމަށް މައުމޫންގެ ފަރާތުން ހާޒިރުވާއިރު ބައެއް މައުލޫމާތުތައް ސާފުކޮށްގެން އަންނަން ފަނޑިޔާރުން އެންގެވި އެވެ.

ސާފުކުރަން އެންގި މައުލޫމާތަކީ ދަށު ކޯޓުގައި މައްސަލަ ހިނގިއިރު ޕީޕީއެމް ހާޒިރުވާން ކޯޓުން އެންގިތޯ އާއި ހާޒިރުވިތޯ އަދި ކައުންސިލް ބައްދަލުވުންތައް ބޭއްވިތޯ އެވެ.

ފަނޑިޔާރު ދީދީގެ އިތުރުން ބެންޗުން ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް މައުމޫންގެ ފަރާތުން ކުރަމުން ދަނިކޮށް އެ ފެކްޝަނަށް ނޭނގި އެ މައްސަލަ އިސްތިއުނާފްކުރީ ޕީޕީއެމްގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އޭނާއަކީ ހުޅުދޫ ދާއިރާގެ މެެމްބަރު ޝާހިދުގެ ގާތް ބޭފުޅެއް ކަމަށްވެ އެވެ.