ބިރުވެރި ފިލްމަކަށް ފަހު ނަހުލާ އަނެއްކާވެސް ލޯބީގެ ފިލްމެއް ފަށަނީ
ބިރުވެރި ފިލްމަކަށް ފަހު ނަހުލާ އަނެއްކާވެސް ލޯބީގެ ފިލްމެއް ފަށަނީ

ކްރިސްޓަލް އެންޓަޓައިންމަޓުން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ "ބީ" ކިޔާ އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށާއި އަންނަ އަހަރު ފިލްމް ސިނަމާ އަށް ގެންނާނެ ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނެފި އެވެ.

ބިރުވެރި ފިލްމަކަށް ފަހު ނަހުލާ އަނެއްކާވެސް ލޯބީގެ ފިލްމެއް ފަށަނީ
ބިރުވެރި ފިލްމަކަށް ފަހު ނަހުލާ އަނެއްކާވެސް ލޯބީގެ ފިލްމެއް ފަށަނީ

އަންނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރާ "ބީ" އަށް ނަހުލާ މިހާރު އަންނަނީ ޑައިރެކްޓަރަކު ވެސް ހޯދަމުންނެވެ.

"އެހެން މީހަކު ލައްވައި ފިލްމް ޑައިރެކްޓް ކުރުވިޔަސް ފިލްމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އަޅުގަނޑު. ފިލްމު އޮންނާނީ އަޅުގަނޑުގެ ކޮލިޓީގައި،" ނަހުލާ ބުންޏެވެ.

"ބީ" ގެ ލީޑް ރޯލަށް، މިހާރު ސިނަމާގައި އޮތް ނަހުލާގެ 4426 (ފޯފޯޓޫސިކްސް) ގެ މުހިއްމު ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ ވަނީ ހަމަޖައްސައިފަ އެވެ.

މި ފިލްވެގެން ދާނީ މި ދެ ތަރިން އެކުގައި ފެނިގެން ދާ ތިން ވަނަ ފިލްމަށެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން މިހާރު ހަދަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "މިއީ ލޯތްބަކީ" ގެ ލީޑް ރޯލުން ވެސް ފެނިގެން ދާނީ ޖުމަލް އާއި އައްޒަ އެވެ.

އެ ދެ ތަރިންގެ އިތުރުން އިތުރުން "ބީ: އަ ރިލޭޝަންޝިޕް މޭޑް އިން ހެވަން" ގެ ވަރަށް މުހިއްމު ރޯލްތަކަކުން އިތުރު ދެ ތަރިއަކު ވެސް ފެނިގެން ދާނެ އެވެ.

ނަހުލާ ވަނީ މީގެ ކުރިން ވެސް އޭނާގެ އަމިއްލަ ފިލްމް ކުންފުނި ކްރިސްޓަލްގެ ތައްގަނޑުގައި އެހެން ޑައިރެކްޓަރުން ލައްވައި ކާމިޔާބު ފިލްތަކެއް ހަދައިފަ އެވެ. އެގޮތުން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2011 ވަނަ އަހަރު، ނަހުލާގެ ސްކްރިޕްޓަކަށް ރަވީ ފާރޫގް ޑައިރެކްޓް ކުރި "މި ހަށިން ފުރާނަ ދަންދެން" އެވެ.

އޭގެ ކުރިން ނަހުލާ ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލައްވައި ވެސް ކްރިސްޓަލްގެ ފިލްމުތަކެއް ޑައިރެކްޓް ކުރުވައިފަ އެވެ.

އޭގެ ތެރޭގައި ނަހުލާގެ ސްކްރީންޕްލޭތަކަށް ހެދި "ވީރާނާ" އާއި "ހެޔޮ ނުވާނެ" ފާހަގަކޮށްލެވެ އެވެ.

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) އަކީ ނަހުލާ އެހެން ޑައިރެކްޓަރަކާ ގުޅިގެން ގެނެސް ދިން ފުރަތަމަ ފިލްމެވެ.

އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ނަހުލާ އާއި އަލަށް ޑައިރެކްޝަނަށް ނިކުތް އަހުމަދު ޝިނާނެވެ.