ސްކޫލުތައް މާދަމާ ހުޅުވާނެ، ތައްޔާރީތައް އޮތީ ވެފައި: އެޑިއުކޭޝަން
ސްކޫލުތައް މާދަމާ ހުޅުވާނެ، ތައްޔާރީތައް އޮތީ ވެފައި: އެޑިއުކޭޝަން

ކޮވިޑް 19ގެ ބަލިމަޑު ކަމާ ގުޅިގެން، ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއް މާދަމާ ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ސްކޫލުތައް މާދަމާ ހުޅުވާނެ، ތައްޔާރީތައް އޮތީ ވެފައި: އެޑިއުކޭޝަން
ސްކޫލުތައް މާދަމާ ހުޅުވާނެ، ތައްޔާރީތައް އޮތީ ވެފައި: އެޑިއުކޭޝަން

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރައްކާތެރިކަމާ އެކު ހުރިހާ ސްކޫލެއްގައި ވެސް މާދަމާ ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ކިޔަވައިދޭ އިރު ސްކޫލުތަކުގައި ގައިދުރުކަމާއި ރައްކާތެރި ކަމުގެ އެހެން ފިޔަވަޅުތައް ހުންނާނީ ވަކި ގައިޑްލައިނެއްގެ ދަށުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ސްކޫލުތަކުގައި ކިޔަވައިދޭނީ ހަމައެކަނި ގްރޭޑް 9 އިން 12 އަށެވެ. ރާއްޖޭގެ އެހެން ހުރިހާ ސްކޫލެއްގައި ހުރިހާ ގްރޭޑްތަކެއްގައި ކިޔަވައިދޭނެ އެވެ. އެކަމަކު އޮފިޝަލް ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ އެތެރޭގެ މައްސަލައަކާ ހެދި އެ ސްކޫލުގެ ކިޔެވުން މާދަމާ ނުފެށޭނެ ކަމަށެވެ.

"އެ ސްކޫލަށް ބައެއް ކަންކަން މާދަމާ އަށް ނިންމާނުލެވުނީ،" އޭނާ ވިދާޅުވި އެވެ.

ސްކޫލުތައް އަލުން ހުޅުވާއިރު، އެޗްޕީއޭ އިން ވަނީ ބެލެނިވެރިންނާއި ސްކޫލުތަކާއި ޓީޗަރުންނާއި ދަރިވަރުން ވެސް އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިނެއް ދީފަ އެވެ. އެކަމަކު އަލުން ސްކޫލުތައް މި ހުޅުވަނީ، އާންމު ހާލަތުގައި ކިޔަވައިދޭ ގޮތާ ހިލާފަށް ކިޔަވައިދޭ ގަޑިތަކާއި ސްކޫލަށް ދާ އަދި ބަލާ ދާ ގަޑި އަށް ބަދަލު ގެނައުމަށް ފަހު އެވެ. މާއްދާތައް ކިޔަވައިދޭ ވަގުތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

އަލުން ސްކޫލުތައް ހުޅުވާލާއިރު، ހުރިހާ ސްކޫލެއްގައިހެން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އަތް ދޮންނަ ތަށި ސްކޫލުތަކުގައި ބަހައްޓައި، ބައެއް ސްކޫލުތަކުގައި ވަނީ އިސްކުރުބަރި ވެސް ހަރުކޮށްފަ އެވެ. އަދި ކުދިންގެ ހުން ބެލޭނެ ޑިވައިސްތައް ސްކޫލުތަކަށް ގަނެ، ބެލެނިވެރިން ކުދިން ބަލާ ދިއުމުގައި ވެސް އެކި ސްކޫލުތަކުގައި ވަނީ އެކި އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.

މި އަހަރު ގިނަ ދުވަސްތަކަކު ދަރިވަރުންނަށް ކިޔަވައިދެވިފައި ނުވާތީ އެޑިއުކޭޝަނުން މިހާރު ވަނީ މި އަހަރުގެ ކިޔެވުން އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް ދަންމާލައިފަ އެވެ.