ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި

ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި ޖެންޑާ މިނިސްޓްރީ ކައިރީ މިއަދު މުޒާހަރާކޮށްފި އެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި

ވޮއިސް އޮފް ޗިލްރަން (ވީއޯސީ) އިން ހަވީރު 4:00 ގައި މުޒާހަރާ ފަށަން ހަމަޖައްސާފައި އޮތް ނަމަވެސް، މުޒާހަރާ ކުރަން މީހުން އެއްވި އިރު އެ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ. އެހެންވެ، މުޒާހަރާއަށް ދިޔަ މީހުން އެއްވީ މަޖީދީމަގާއި އަލިކިލޭގެފާނު ގުޅޭ ކަންމައްޗަށެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި

"ރޭޕިސްޓުންނާ ދެކޮޅަށް" ގެ ނަމުގައި ވީއޯސީ އިން ބޭއްވި މި މުޒާހަރާގައި 150 އެއްހާ މީހުން ބައިވެރިވި އެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި

ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ އާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން މުޒާހަރާ ކުރި މީހުން ގޮވާލީ މިފަދަ ކުށްތައް ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދިނުމަށެވެ. އަދި ނުފޫޒު ބޭނުންކޮށްގެން، މިފަދަ ކަންކަމުން ސަލާމަތް ވިޔަ ނުދީ އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދޭން ގޮވާލި އެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ އެ މައްސަލަ ހޫނުވެފައި ވަނިކޮށް ބޭއްވި މި މުޒާހަރާ ރޭވުމުގައި ބައިވެރިވާ ވީއޯސީގެ އޯގަނައިޒިން ކޮމިޓީގެ މެމްބަރު މަރިޔަމް އިހްމާ ޝަރީފް ބުނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާނު ނުލިބޭ ކަމަށެވެ.

"ކަމާ ބެހޭ އިދާރާތަކުން ޒިންމާ އަދާކުރާ ނަމަ މިކަހަލަ ކަމެއް ނުވާނެ،" އޭނާ ބުންޏެވެ.

ސުލްހަވެރިކަމާ އެކު ޖެންޑާ މިނިސްޓްރީ ކައިރީ ދޮޅުގަޑިއިރު އަޑުއުފުލުމަށް ފަހު، އެއްވި މީހުން ހިނގައިގަތީ މަޖީދީ މަގުން އިރަށެވެ. ކާނިވާ ސަރަހައްދުގައި އެ މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގައި ހޫނުވި އެވެ. މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކުރަން ފުލުހުންގެ ވެހިކަލް އަށް އެރުވި ނަމަވެސް، އަނެއް ދޮރުން ނުކުމެގެން އެ މީހާ ފިލި އެވެ.

މުޒާހަރާ ނިންމާލީ ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް މޯލްޑިވްސް ކުރި އިށީނދެ ތިބެ، ޖިންސީ ގޯނާ ލިބުނު އެކި މީހުންގެ ވާހަކަތައް ހިއްސާކުރުމަށް ފަހުގަ އެވެ.

ކޮވިޑް-19 ފެތުރޭތީ މީހުން އެއްވެ ނޫޅެން އިލްތިމާސްކޮށްފައި ވާތީ މުޒާހަރާގެ ތެރެއިން ވެސް ދިޔައީ މިކަން ހަނދާންކޮށްދެމުންނެވެ. މާސް އަޅައިގެން ތިބި ނަމަވެސް ގިނަ ވަގުތު އެންމެން ތިބީ އެއްތަނަކަށް ޖަމާވެ އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، މުޒާހަރާ ކުރުމާއި އެއްވެ އުޅުމަކީ މަނާ ކަމެކެވެ. މިދިޔަ ހަފުތާގައި ވަނީ މަޖިލިސް ދޮށުގައި ވެސް މުޒާހަރާކޮށްފަ އެވެ.