28 ޖޫން 2020 - 23:07

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 36 މީހަކު ރަނގަޅުވެ، އިތުރު 19 މީހަކު އެ ބައްޔަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން އާންމު ކުރި ހިސާބުތަކުގައިވާ ގޮތުން ބަންގްލަދޭޝްގެ 10 މީހަކާއި ހަތް ދިވެހިންނާއި އިންޑިއާގެ ދެ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. މިހާތަނަށް ޖުމްލަ 2،324 މީހަކު ޕޮޒިޓިވްވެފައިވާ އިރު ފަރުވާ މިހާރު ފަރުވާ ހޯދަމުން އަންނަނީ 400 މީހުންނެވެ.
އެޗްޕީއޭ އިން ބުނީ މިއީ މި ބައްޔަށް އެންމެ ފަހުން ނެގި 862 ސާމްޕަލްގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ކަމަށެވެ. މިހާތަނަށް ޖުމްލަ 48،603 ސާމްޕަލް ނަގާފައިވާ އިރު، އޭގެ ތެރޭގައި އެކަކުގެ ކިބައިން ތަކުރާރުކޮށް ނަގާފައިވާ ސާމްޕަލްތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން 303 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީގައި ކަމުގަ އާއި އިތުރު 226 މީހަކު ތިބީ ކަރަންޓީން ފެލިޓީތަކުގަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މި ބައްޔަށް މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1،203 މީހަކު ޕޮޒިޓިވްވެފައިވާ އިރު 808 ދިވެހިންނާއި 211 އިންޑިއާ މީހުންނަށް ބަލި ޖެހިފައި ވެ އެވެ. މިހާތަނަށް މި ބަލީގައި ރާއްޖެ އިން މަރުވީ އަށް މީހުންނެވެ.