ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް
ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް

ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން (އޭޓީސީ) ވަޒީފާ ދޫކޮށް ރާއްޖޭން ބޭރުގައި މަސައްކަތް ކުރާތީ، މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަން (މަޓްކާ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް
ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް

ބައިނަލްއަގުވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހުގެ މުނާސަބަތުގައި އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މަޓްކާގެ ރައީސް ސައްދާމް އަހުމަދު ސައީދު ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލުންނަށް ވަޒީފާ ދެނީ ބޮޑެތި ހަރަދުތަކެއްކޮށް އެ މީހުން ވަރަށް ބޮޑަށް ތަމްރީނު ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް ބޭރު ގައުމުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ބައެއް ދިވެހިން ވަޒީފާ ދޫކޮށްލާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް
ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް

ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަންނަ ހުރިހާ މަތިންދާބޯޓެއްގެ ހަރަކާތްތައް މޮނީޓާކޮށް، ބޯޓުތައް ދަތުރުކުރަންވާ މަގު ދައްކައިދީ، އެއާޕޯޓު ރަންވޭއަށް ޖެއްސުމާއި އުދުއްސާލުމުގެ އިރުޝާދުތައް ދެނީ، އެއާޕޯޓު ޓަވަރުގައި ތިބޭ ޓްރެފިކް ކޮންޓްރޯލަރުންނެވެ.

ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް
ރާއްޖޭގެ އޭޓީސީ އަށް ގޮންޖެހުން: ދިވެހި މުވައްޒަފުން ބޭރުގެ ވަޒީފާތަކަށް

އެތަނުގައި ޒަމާނީ ތަމްރީން ލިބިފައިވާ 100 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރެ އެވެ.

ސައްދާމް ވިދާޅުވީ އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރެވެނީ ގިނަ ދުވަހުގެ މަސައްކަތުން ކަމަށާއި އެމީހުން ވަޒީފާއަށް ނެރެން ވެސް ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ. އެކަމަކު ތަމްރީނުވާ ފަހުން ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރަން ދާތީ، އެކަމުގެ ދަތިކަން ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ޖުމްލަކޮށް ބަލާއިރު، އަޅުގަނޑުމެން ތަމްރީނު ކުރާ ދިވެހި ކޮންޓްރޯލަރުން، ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުމަކީ ފަހުރުވެރި ވެސް ވާން ޖެހޭ ކަމެއް،" ސައްދާމް ވިދާޅުވި އެވެ.

ސަރުކާރުން ހަރަދުކޮށްގެން، އެއާޓްރެފިކް ކޮންޓްރޯލާއިން އާއްމު ގޮތެއްގައި ތަމްރީންކުރަނީ ސިންގަޕޫރާއި މެލޭޝިޔާ ފަދަ ގައުމުތަކުގައި ހުންނަ، މި ސަރަހައްދުން ފާހަގަކޮށްލެވޭ އެކަޑަމީތަކުންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ

އޭނާ ވިދާޅުވި ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ތަމްރީނުކުރާ މުވައްޒަފުން، އެހެން ގައުމުތަކުގެ ވަޒީފާ އަށް ދިޔުމަކީ ލިބޭ ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އަނެއްކޮޅުން ދިވެހިންނަށް އެފަދަ ފުރުސަތުތައް ލިބުމަކީ އެމްއޭސީއެލުން ހޯދައިދޭ ތަމްރީންތަކުގެ ގާބިލިއްޔަތުކަން އަންގައިދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް އާއްމު ގޮތެއްގައި ވަޒީފާ ލިބެނީ ގަތަރާއި ދުބާއީ ފަދަ މެދު އިރުމަތީ ގައުމުތަކުންނެވެ. އެ ގައުމުތަކުގެ ބޮޑެތި އެއާލައިންތަކުން އޭޓީސީގެ ވަޒީފާއަށް މީހުން ހޯދަން ރާއްޖެ އަށް އާދެ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުން މަސައްކަތް ކުރާ، އޭރިއާ ކޮންޓްރޯލް ސެންޓަރުގެ ނަން މިއަދު ވަނީ މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުގެ ނަމަށް ބަދަލުކޮށް، އެތަނުގައި އާ ސެކްޓާއެއް ހުޅުވާފަ އެވެ.