26 ޖޫން 2020 - 23:28

ކޯސްޓްގާޑުގެ ޑައިވަރުންނަށް އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ 51 މީޓަރު އަޑިން. ހަށިގަނޑު ފެނިފައި ވަނީ މިރޭ 00:22 ހާ އިރު
ކަނޑަށް ވެއްޓި، ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި.
ތިލަފުށި ކައިރީގައި އަޅާފައި އޮތް ބޯޓަކުން މިރޭ ވެއްޓުނު މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ މީހަކު މޫދަށް ވެއްޓި ގެއްލުނީ ތިލަފުށި ކައިރީގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ބޯޓުގައި އުޅުޏު ބިދޭސީއަކު ކަމަށެވެ. އޭނާއާ އެކުގައި ދެވަނަ މީހަކު ވެސް ވެއްޓުނު ކަމަށާއި އެ މީހާ އެ ސަރަހައްދުން ދަތުރުކުރި ޑިންގީއަކަށް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިދޭސީ މީހާ ގެއްލުނުކަމުގެ ރިޕޯޓު ސިފައިންނަށް ލިބުނީ މިރޭ 10:20 އެހާކަންހާއިރު އެވެ. އޭނާ ހޯދުމުގެ މަސައްއްކަތް ކޯސްޓްގާޑުގެ ސިފައިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.