ސިފައިންގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ހިލްމީ
ސިފައިންގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ހިލްމީ

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ މިއަދު ހަމަޖައްސައިފި އެވެ.

ސިފައިންގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ހިލްމީ
ސިފައިންގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ހިލްމީ

ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް ހިލްމީއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ހިލްމީ ހަމަޖެއްސީ އެ މަގާމުގައި މިހާތަނަށް ހުންނެވި ކާނަލް މުހައްމަދު އިބްރާހީމްގެ ޕޯސްޓިން ޑިއުޓީގެ މުއްދަތު ހަމަވުމުންނެވެ. މުހައްމަދު އިބްރާހިމް އެ މަގާމަށް ހަމަޖެއްސީ ފެބްރުއަރީ 1، 2018 ގަ އެވެ.

ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފައިވާއިރު، ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާޒް ހުންނަނީ ލ. ކައްދޫގަ އެވެ.