މޯލްޑިވިއަންއިން ކޮވިޑް-19އާ ގުޅޭ 500 ސީޕްލޭން ދަތުރުކޮށްފި
މޯލްޑިވިއަންއިން ކޮވިޑް-19އާ ގުޅޭ 500 ސީޕްލޭން ދަތުރުކޮށްފި

ކޮވިޑް-19އާ ގުޅޭ ކަންކަމުގައި އެންއީއޯސީއަށް މޯލްޑިވިއަންގެ ސީޕްލޭންތަކުން 500 ވަނަ ދަތުރު އިއްޔެ ފުރިހަމަކޮށްފި އެވެ.

މޯލްޑިވިއަންއިން ކޮވިޑް-19އާ ގުޅޭ 500 ސީޕްލޭން ދަތުރުކޮށްފި
މޯލްޑިވިއަންއިން ކޮވިޑް-19އާ ގުޅޭ 500 ސީޕްލޭން ދަތުރުކޮށްފި

ރާއްޖެއިން ކޮވިޑް-19 ފެނުމާ އެކު ރާއްޖޭގެ އެކި ހިސާބުތަކަށް އެކި ބޭނުންތަކަށް ގިނަ ދަތުރުތަކެއް ކުރަން ޖެހެނީ އެ ބައްޔަށް ޓެސްޓް ހެދެނީ ހަމައެކަނި މާލޭގައި ކަމަށް ވެފައި، ބަލިމީހުން އެކަހެރިކުރުމުގެ ފެސިލިޓީޒް ވެސް ހުރީ ވެސް މާލެއާ ކައިރި ސަރަހައްދުތަކުގައި ކަމަށް ވުމެވެ.

މޯލްޑިވިއަންއިން ކޮވިޑް-19އާ ގުޅޭ 500 ސީޕްލޭން ދަތުރުކޮށްފި
މޯލްޑިވިއަންއިން ކޮވިޑް-19އާ ގުޅޭ 500 ސީޕްލޭން ދަތުރުކޮށްފި

ރަށްރަށުން ސާމްޕަލްތައް ގެނައުމާއި، ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުމުގެ ކަންކަމުގައި ވެސް ގައުީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭންތަކުން މުހިންމު ރޯލެއް އަދާކުރި އެވެ.

މާޗް 11 އިން ފެށިގެން ކެނޑިނޭޅި މޯލްޑިވިއަންގެ ސީޕްލޭން ކްރޫން އެ މަސައްކަތުގައި އުޅޭތާ މިހާރު ތިން މަސް ވެއްޖެ އެވެ.

މި ބޮޑު އޮޕަރޭޝަންގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މޯލްޑިވިއަން ސީޕްލޭން އޮޕަރޭޝަންގެ މެނޭޖަރު ކެޕްޓަން މުހައްމަދު ގުދްރަތުﷲ "މިހާރު"އަށް ވިދާޅުވީ މިއީ "އާދަޔާ ހިލާފް ތަޖުރިބާއެއް" ކަމަށެވެ.

އުމު ބޮޑު ބަލިމަޑުކަމެއްގެ ހާލަތުގައި އޮތް އިރު މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތަކުގެ މަގްސަދާއި މަސައްކަތުގެ ޖޯޝު ވެސް ބަދަލުވި އެވެ. ސޯޓާއި ގަމީހުގައި "ބެއާ ފޫޓް ކެބިން ކްރޫ"އިންގެ ގޮތުގައި މަޝްހޫރުވެފައިވާ ސީޕްލޭން ފަޅުވެރިންގެ "ޔުނީފޯމަކަށް" ވީ ހަޒްމަޓް ސޫޓްތަކާއި ބަލިން ރައްކާތެރިވާ ޕްރޮޓެކްޓިވް ގިއާތަކެވެ. ގުދުރަތުﷲ ވިދާޅުވި ގޮތުގައި ކޮންމެ ކްރޫ މެމްބަރަކަށް ވެސް މިއީ ތަފާތު ތަޖުރިބާއެކެވެ. އެކަމަކު އެއްވެސް މީހަކު ފަސްނުޖެހޭކަން ފާހަގަކުރި އެވެ.

"އެންމެނަށް ވެސް މިއީ [އާންމު ދަތުރުތަކަކީ] ވަރަށް ފަން [މަޖާ] ކަމެއް އަސްލު. އެކަމަކު މިހާރު މިކަން ކުރަން ޖެހިފައި މިއޮތީ ގައުމީ ޚިދުމަތެއްގެ ގޮތުގައި. އާންމުކޮށް ރިސޯޓުތަކަށް ކުރާ ދަތުރުތައް ރަށްރަށަށް ކުރަން ޖެހުނީމަ އަސްލު ތަފާތު އުނދަގޫ ވެސް ވި. އެކަމަކު އެންމެން ވެސް ވަރަށް ހިތްވަރު ގަދަ" އޭނާ ވިދާޅުވި އެވެ.

ޖުމްލަ 4،000 އަށް ވުރެ ގިނަ މީހުން މި ދަތުރުތަކުގައި އުފުލާފައިވެ އެވެ. ގުދުރަތުﷲ ވިދާޅުވި ގޮތުގައި ފްލައިޓްތަކުގެ ދަތުރުތައް ބަހާލީ އެކި ކެޓެގަރީތަކަށެވެ. ޕޮޒިޓިވް މީހުންނާއި، ޝައްކުކުރެވޭ މީހުން (ކޮންޓެކްޓްސް) އަދި ރަށްރަށަށް ކަރަންޓީންވާ މީހުންނާއި ސާމްޕަލްތައް އުފުލަން ވަކި ކެޓެގަރީތަކަކަށް ބަހާލައިގެން ދަތުރުތައް ވަނީ ރާވައިފަ އެވެ. މިއިން ކޮންމެ ކެޓެގަރީއެއްގައި ފަޅުވެރިން ވެސް ތިބެނީ ވަކިކޮށް ބަހާލައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިބޭނީ ޕެކް ވަކިކޮށްފައި ކޮންމެ ޕެކެއްގައި ކެޕްޓަނެއް ފަސްޓް އޮފިސާއެއް ދެން ކެބިން ކްރޫއެއް. މިގޮތަށް ޕޮޒިޓިވް ކޭސްތަކަށް އެކަނި ގެންގުޅުނިން ތިން ޕެކް ވަކިން. އެހެން ހެދީ އަސްލު ކަމެއް ދިމާވާއިރު އައިސޮލޭޓްކުރަން ފަސޭހަ ވާނެ ކަމަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.\

ގުދުރަތުﷲ ވިދާޅުވި ގޮތުގައި މި ހާލަތުގައި މަސައްކަތްކުރަން ހުޅުވާލީ އަމިއްލަ ޝައުގުގައި ނުކުންނަން ބޭނުންވާ މީހުންނަށެވެ. ވޮލަންޓިއާ ކުރަން ހުޅުވާލުމުން، އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ބުރަ ބޮޑު ގޮތެއްގައި ހޭދަކުރަން ޖެހޭނެކަން އެނގި ތިބެ ވެސް ގިނަ އަދަދެއްގެ ކްރޫން ވޮލަންޓިއާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މި މަސައްކަތުގައި އިސްވެ ހުންނަވައި، އެންމެން ގޮވައިގެން މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރު ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެ ދުވަހެއްގެ ދަތުރުތަކުގައި އެވްރެޖްކޮށް ކޮންމެ ޕެކަކަށް ވެސް ހަތް ގަޑިއިރު ވަންދެން ބަރު ސޫޓްތަކެއްގައި ހާސް ބޮޑު ގޮތެއްގައި ހޭދަކުރަން ޖެހެ އެވެ. ކޮންމެ ދުވަހެއް ނިމުމުން މުޅި ސީޕްލޭން އާއި ކްރޫން އެއްކޮށް ޑިސްއިންފެކްޓް ވާއިރު މިއިން ކޮންމެ ކަމެއްގައި ވެސް އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީއަކާއި އެއްބާރުލުމެއް ލިބުނުކަން ގުދުރަތުﷲ ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އަށް ހާއްސަކޮށްގެން ސަރުކާރުން އެކުލަވާލައިފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޓިން ސެންޓަރު (އެންއީއޯސީ)އަށް، އެހީވުމުގެ އިތުރުން މޯލްޑިވިއަނުން އަންނަނީ ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުން އުފުލުމާއި ބައެއް ގައުމުތަކުގައި ނާދެވި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެންނަން ކުރި ބައިނަލްއަގުވާމީ ދަތުރުތައް ވެސް ކުރަމުންނެވެ.