ބަލިން ރަނގަޅުވި މީހުންގެ އަދަދު ފަސް މިލިއަނަށް
ބަލިން ރަނގަޅުވި މީހުންގެ އަދަދު ފަސް މިލިއަނަށް

ޖެނީވާ (ޖޫން 25) - ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރެން ފެށި ފަހުން މިހާތަނަށް 9,542,451 މީހުން ޕޮޒިޓިވްވި އިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 5,186,690 އަށް އަރައިފި އެވެ.

ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 485,280 އަށް އަރައިފަ އެވެ.

ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި ދުނިޔޭގައި މިހާރު ތިބީ 3,870,481 މީހުންނެވެ. އޭގެ ތެރޭން ސީރިއަސް ހާލަތުގައި ތިބީ 58,092 މީހުންނެވެ. އެއީ ދެ ޕަސެންޓެވެ. ބަލީގެ އާދައިގެ ހާލަތުގައި ތިބީ 3,812,389 މީހުންނެވެ. އެއީ 98 ޕަސެންޓެވެ.

މުޅި ދުނިޔޭގައި އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 172,383 އެވެ. އިއްޔެ މަރުވީ 5,071 އެވެ.

ދުނިޔޭގައި އެންމެ ހަލުވިކޮށް ބަލި ފެތުރޭ އެމެރިކާ އިން ވަނީ 2,462,708 މީހުން ޕޮޒިޓިވްވެ 124,282 މީހުން މަރުވެފަ އެވެ. ބްރެޒިލް އިން ވަނީ 1,192,474 މީހުން ޕޮޒިޓިވް 53,874 މީހުން މަރުވެފަ އެވެ. ރަޝިޔާ އިން 613,994 މީހުން ޕޮޒިޓިވްވެ 8,605 މީހުން މަރުވި އިރު އިންޑިއާ އިން ވަނީ 473,719 މީހުން ޕޮޒިޓިވްވެ 14,907 މީހުން މަރުވެފަ އެވެ.