25 ޖޫން 2020 - 09:24

ކޮވިޑް-19 އަށް ޓެސްޓުކުރަން ދެކޮޅު ހެދި ދެ މީހެއްގެ ސާމްޕަލް ނަގަން ސިވިލް ކޯޓުން ރޭ އަމުރު ނެރެފި އެވެ.
އެ ކޯޓުން ބުނީ ސާމްޕަލް ދޭން ދެކޮޅު ހެދި ދެ މީހެއްގެ މައްޗަށް، ސާމްޕަލް ދިނުމަށް އެންގުމުގެ އަމުރު ތަންފީޒުކުރަން ކަމާބެހޭ ފަރާތްތަކާއި ފުލުހުންގެ މައްޗަށް ދެ އަމުރު ނެރެފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ބައެއް މީހުންގެ ސާމްޕަލް ދޭން ދެކޮޅު ހެދުމުން ކޯޓު އަމުރަށް ސާމްޕަލް ނަގާފައި ވެ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، އެ ބައްޔަށް ޝައްކުކުރެވޭ މީހުން އަންނަނީ ކަރަންޓީނުކޮށް ޓެސްޓުކުރަމުންނެވެ. އެކަމަށް ދެކޮޅު ހަދައިފި ނަމަ ކޯޓު އަމުރުގެ ދަށުން ވެސް އެކަން ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުން ވަނީ ލިބިވަޑައިގެންފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،000 އިން މައްޗަށް އަރައިފަ އެވެ. އެ ބަލިން 1،800 އަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު އަށް މީހުން ވަނީ މަރުވެފަ އެވެ. އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ 411 މީހުންނަށެވެ.