24 ޖޫން 2020 - 15:03

ބާލިން (ޖޫން 24) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން ޖަރުމަނުގެ ދެ ސަރަހައްދެއް އަލުން ލޮކްޑައުން ކޮށްފި އެވެ.
އުތުރުގެ ސަރަހައްދުތައް ކަމަށްވާ ވަރެންޑޯފް އާއި ގުއެޓާސްލޯގައި އެއްގަމު މަސް ވިއްކާ ބާޒާރެއްގައި ކޮރޯނާވައިރަސް ފެތުރި އެ ތަންތަނުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 1،500 މީހުން ޕޮޒިޓިވްވުމާ ގުޅިގެން އަލުން ލޮކްޑައުނަކަށް ދިއުމުން ވަނީ ގާތްގަނޑަކަށް 640،000 މީހުން ގޭގައި ތިބެން ޖެހިފަ އެވެ.
ލޮކްޑައުން ކުރި ދެ ސަރަހައްދުން މި މަހުގެ ނިޔަލަށް ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުމެވޭނީ އެކަކަށެވެ. ސިނަމާތަކާއި ކެފޭ އަދި ފިޓްނެސް ސެންޓަރުތައް ވަނީ ބަންދުކޮށްފަ އެވެ. ދެ ސިޓީގެ ވެސް ސްކޫލްތައް ވަނީ މިއަދުން ފެށިގެން ބަންދު ކުރަން ނިންމައިފަ އެވެ.
ލޮކްޑައުން އަށް އެންމެ ފުރަތަމަ ލުއި ދޭން ފެށި ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ޖަރުމަން ހިމެނެ އެވެ.
ޖަރުމަނުން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 192,778 މީހުން ޕޮޒިޓިވްވެ 8،986 މީހުން މަރުވެފަ އެވެ. އިއްޔެ ވަނީ 659 މީހުން ޕޮޒިޓިވްވެ 17 މީހުން މަރުވެފަ އެވެ.