ވައިރަހުގެ ސަބަބުން އެމެރިކާ ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި:ސީޑީސީ
ވައިރަހުގެ ސަބަބުން އެމެރިކާ ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި:ސީޑީސީ

ވޮޝިންޓަން (ޖޫން 24) - ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާ ވަނީ "ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިފައި" ކަމަށް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް ވިދާޅުވެއްޖެ އެވެ.

ވައިރަހުގެ ސަބަބުން އެމެރިކާ ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި:ސީޑީސީ
ވައިރަހުގެ ސަބަބުން އެމެރިކާ ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި:ސީޑީސީ

ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރެޑްފީލްޑް ވިދާޅުވީ އެމެރިކާގެ އާއްމު ސިއްހަތުގެ ގާބިލްކަން އިތުރު ކުރުމަށް އެކަށީގެންވާ މިންވަރަށް ޚަރަދު ނުކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ސިއްހީ ދާއިރާ އަށް މިހާރު ވެސް އެތައް އިންވެސްޓްމަންޓެއް ބޭނުންވާ ކަމަށެވެ.

"މި ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް ވާނީ މަސައްކަތް ކޮށްފައި. އެކަމަކު ހަގީގަތަކީ މި ވައިރަހުގެ ސަބަބުން އެމެރިކާ ވަނީ ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިފައިކަން،" ހައުސްގެ އެނާޖީ އެންޑް ކޮމާސް ކޮމިޓީގައި ރެޑްފީލްޑް ވިދާޅުވި އެވެ. "ކުޑަކުޑަ ވައިރަހެއްގެ ސަބަބުން އެމެރިކާ އަށް މި ވަނީ ހަތް ޓްރިލިއަން ޑޮލަރު ޚަރަދު ކުރަން ޖެހިފައި."

އޭނާ ވިދާޅުވީ ވައިރަހާ ކުރިމަތިލުމަށް އެމެރިކާގެ ގާބިލްކަން ހުރި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްފައި ވާނެ ކަމަށާއި އެކަމަކު ފާޑުކިޔުމަކީ އަބަދުވެސް އޮންނާނެ ކަމެއް ކަމަށެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅިލެއް މާލަސް ކަމަށް ބުނެ އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ކޮރޯނާވައިރަހަކީ މާބޮޑު ނުރައްކަލެއް ނޫން ކަމަށް ދެއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވާފައިވާތީ ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ.

ކޮންގްރެސްގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު އަދި ކޮރޯނާވައިރަހާ ގުޅޭ ކަންކަމުގައި ވައިޓް ހައުސްގެ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވައިރަހުގެ ސާޖްތައް ފެންނަ ކަމަށާއި ކުރަން ޖެހޭ ކަމަށާއި ޓެސްޓް ކުރުން ގިނަކޮށް މީހުން އައިސޮލޭޓް ކުރުން ކަމަށެވެ.

ފައުޗީ އެހެން ވިދާޅުވިއިރު ކެމްޕޭން އެއްވުމެއްގައި ރައީސް ޓްރަމްޕް ވަނީ އެމެރިކާގައި ވައިރަސް ޓެސްޓްކުރާ މިންވަރު މަދު ކުރުމަށް އޮފިޝަލުންނަށް އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ފައުޗީ ވިދާޅުވީ ޓެސްޓް ކުރާ މިންވަރު މަދު ކުރުމަށް އެންގިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޓެސްޓް ކުރުން އިތުރު ކުރާނެ ކަމަށެވެ.

އެމެރިކާގައި ވަނީ 2,424,492 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 123,476 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް އެމެރިކާ އިން ވަނީ 36،015 މީހުން ޕޮޒިޓިވްވެ 863 މީހުން މަރުވެފަ އެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންގެ ތެރޭން ރަނގަޅުވެފައި ވަނީ 1,020,412 މީހުންނެވެ.