ކޮވިޑް-19: އިތުރު 16 މީހަކު ރަނގަޅުވެ، 21 މީހަކު ޕޮޒިޓިވް
ކޮވިޑް-19: އިތުރު 16 މީހަކު ރަނގަޅުވެ، 21 މީހަކު ޕޮޒިޓިވް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 16 މީހަކު ރަނގަޅުވެ އަދި އިތުރު 21 މީހަކު އަލަށް މި ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ ދިވެހިންގެ 12 މީހަކާއި ބަންގްލަދޭޝް ހަތް މީހަކާއި އިންޑިއާ މީހަކާއި ނޭޕާލު މީހެކެވެ.

މިހާތަނަށް ރާއްޖެއިން 2،238 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު 1،829 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު މަރުވެ އަދި ފަސް މީހަކު ރާއްޖޭން ފުރައިގެން ގޮސްފައި ވާތީ ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 396 އެވެ.

މިހާތަނަށް ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވީ 787 ދިވެހިންނެވެ. ދެން އެންމެންނަކީ ވެސް ބިދޭސީ މަސައްކަތު މީހުންނާއި ޓޫރިސްޓުންނެވެ. ބިދޭސީންގެ ތެރޭގައި ބަންގްލާދޭޝް މީހުންނެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން މާލެ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުން އަށް ލުއި ދިނުމަށް ފަހު މިހާރު އަންނަނީ، އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ދެނެގަތުމަށް ދިރާސާއެއް ކުރަމުންނެވެ. ހާލަތު ގޯސް ނުވާ ނަމަ އަންނަ މަހު އިތުރު ލުއިތައް ވެސް ދޭން ވަނީ ނިންމައިފަ އެވެ.