މަކަރު ހެދި މެލޭޝިއާގެ އިމިގްރޭޝަން އޮފިސަރުން ވަޒީފާ އިން ވަކިކޮށްފި
މަކަރު ހެދި މެލޭޝިއާގެ އިމިގްރޭޝަން އޮފިސަރުން ވަޒީފާ އިން ވަކިކޮށްފި

ކުއާލަ ލަމްޕޫރު (ޖޫން 1) - މެލޭޝިއާގެ ޕާސްޕޯޓް ސިސްޓަމުގެ ތެރޭން މަކަރު ހަދާ ބައެއް ފަސެންޗަރުން ޗެކްނުކޮށް ދޫކޮށްފައިވާ މައްސަލަ ފަޅާ އެރުމާ ގުޅިގެން 15 އިމިގްރޭޝަން އޮފިސަރުން ވަޒީފާ އިން ވަކިކޮށްފި އެވެ.

މަކަރު ހެދި މެލޭޝިއާގެ އިމިގްރޭޝަން އޮފިސަރުން ވަޒީފާ އިން ވަކިކޮށްފި
މަކަރު ހެދި މެލޭޝިއާގެ އިމިގްރޭޝަން އޮފިސަރުން ވަޒީފާ އިން ވަކިކޮށްފި

އިމިގްރޭޝަން އޮފިސަރުންގެ މަކަރު ހެދުންތައް ފަޅާއެރީ މެލޭޝިއާ އެއާޕޯޓުގެ ކޮމްޕިއުޓަރުތައް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކްރޭޝްވުމާ ގުޅިގެންނެވެ. ވަޒީފާ އިން ވަކިކުރި 15 މީހުންނަކީ ގަސްދުގައި ކޮމްޕިއުޓަރު ސިސްޓަމް ޑައުންކުރި މީހުންނެވެ. އެ މީހުން އެގޮތަށް ކަންތައް ކޮށްފައި ވަނީ ޖިނާއީ ކުށްކުށުގެ ރެކޯޑް އޮންނަ މީހުން ފުރުވާލާ ނުވަތަ އެތެރެ ކުރުމަށެވެ.

އިމިގްރޭޝަން ތެރޭން މަކަރު ފަޅާއެރުމާ ގުޅިގެން 65 މުވައްޒަފެއްގެ ޑިއުޓީ ބަދަލުކޮށް އާ ޑިއުޓީ ރޮސްޓާ އަކަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

މި މައްސަލަ ތަހްގީގު ކުރާ ފަރާތުން ބުނީ މި ކަމުގައި 100 އަށް ވުރެ ގިނަ އިމިގްރޭޝަން އޮފިޝަލުން ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މަކަރު ހެދި މީހުން ކޮމްޕިއުޓަރު ސިސްޓަމްތައް ޑައުންކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ކުރިން ބެލެވިފައި ވަނީ މި ގޮތަށް ދިމާވަނީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.

މެލޭޝިއާގެ ޕާސްޕޯޓް ސިސްޓަމުގެ ތެރޭން މަކަރު ހަދައިގެން މީހުން ވަގަށް ނަގާ ފަރާތްތަކާއި ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ މީހުން ވަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ތެރޭ މެލޭޝިއާ އަށް އެތެރެވެފަ އެވެ. މި މުއްދަތުގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ވަނީ މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ ނައިބް ޑރ. އަހުމަދު ޒާހިދު ހާމިދީ ވިދާޅުވީ އިމިގްރޭޝަން އޮފިޝަލުން ކޮމްޕިއުޓަރު ސިސްޓަމް ޑައުންކޮށްފައި ވަނީ މާލީ މަންފާތަކެއް ހޯދުމަށް ކަމަށެވެ.