23 ޖޫން 2020 - 11:07

އުރީދޫގެ މަގޭ ޕްލޭން ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.
މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮފާތަކުގައި ކޮންމެ މަހަކު އާ އޮފާތަކެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ. މީގެ ތެރޭގައި ޑެއިލީ ޑޭޓާ ޕެކޭޖާއި ވީކްލީ ޕެކޭޖުތަކުގެ އިތުރުން މަސް ދުވަހުގެ ޑޭޓާ ޕްލޭން ހިމެނެ އެވެ.
އުރީދޫން ވަނީ މި މަހު ވެސް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ. މި އޮފާތައް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ. އެގޮތުން މި މަހުގެ ކޮންމެ ހުކުރު ދުވަހަކު "މަގޭ ޕްލޭން ފަން ފްރައިޑޭ" އޮފާގެ ދަށުން 75ރ. އަށް 5ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި ދުވާލަކު ޑެއިލީ އޮފާގެ ގޮތުގައި 40ރ. އަށް 1ޖީބީ ޑޭޓާ ލިބޭނެ އެވެ.
މީގެ އިތުރުން ވީކްލީ އޮފާގެ ގޮތުގައި ހަފްތާއަކު 150ރ. އަށް 3ޖީބީ ޑޭޓާ ލިބޭއިރު މުޅި މަހަށް ހާއްސަ ކޮށްގެން 880ރ. އަދި 1100ރ. އަށް ނަގާ ޑޭޓާގެ ދެގުނަ އިތުރަށް ލިބޭނެ އެވެ. މަގޭ ޕްލޭންގެ ދަށުން 880ރ. އަށް 34 ޖީބީ ލިބޭއިރު 1100ރ. އަށް 50 ޖީބީ ޑޭޓާ ލިބޭނެ އެވެ.
އުރީދޫ މަގޭ ޕްލޭނަކީ ކަސްޓަމަރުން އަމިއްލަ އަށް މޯބައިލް ޕްލޭން ތައްޔާރުކުރުމުގެ ފުރުސަތު ދިނުމަށް ތައާރަފު ކުރި ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ މީހަކު ބޭނުންވާ ވަރަކަށް ޑޭޓާ އާއި ކޯލް އަދި އެސްއެމްއެސް އާއި އައިޑީޑީ ޕްލޭން ނެގޭނެ އެވެ.
މި ޕްލޭން އުރީދޫގެ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބޭނުން ކުރެވޭނެ އެވެ.