ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި
ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި

ލަސް ވެގަސް (އޮކްޓޯބަރު 20) - އަންނަ މަހު 8 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުން ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލް ކުރާނެ ކަމަށް ވިދާޅުވުމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފި އެވެ.

ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި
ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި

ލަސް ވެގަސްގެ ނެވާޑާ ޔުނިވާސިޓީގައި ބޭއްވި ރިޔާސީ ތިން ވަނަ ބަހުސުގެ ކުރިން ވެސް ޓްރަމްޕް ގެންދެވީ އިންތިޚާބުގައި މިހާރު ވެސް މަކަރު ހަދާ އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެ އިންތިޚާބުގެ ނަތީޖާއާ އެކު އެމެރިކާގެ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފައްދައިފަ އެވެ.

ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި
ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި

އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް އެކަން ގަބޫލް ކުރާނެތޯ ބަހުސްގެ މޮޑަރޭޓަރު ފޮކްސް ނިއުސްގެ ކްރިސް ވެލަސް ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "އެ ވަގުތު އޭނާގެ ނިންމުން ހާމަކުރާނެ" ކަމަށެވެ.

ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި
ބަލިވެއްޖެ ނަމަ ނަތީޖާ ގަބޫލްކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި

އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ މުއްސަނދިން އަތުން ޓެކްސް ނަގާނެ ގޮތުގެ ޕްލޭން ހިލަރީ ސާފުކޮށްދެއްވަނިކޮށް ޓްރަމްޕް ވަނީ އެކަމަނާގެ ވާހަކަ އަށް ހުރަސް އަޅުއްވާ "އެއީ ނުލަފާ އަންހެނެއް ކަމަށް" ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ މި ކޮމެންޓާ ގުޅިގެން އެމެރިކާގެ ވަރަށް ގިނަ އަންހެނުން ވަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުމުގެ ޚިޔާލުތައް ފާޅުކުރަން ފަށައިފަ އެވެ. ބަހުސްގައި ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް އަންހެނުންނަށް އިހާނެތިކަން ރައްދުވާ ގޮތަށް ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކެއް އާއްމުވުމާ ގުޅިގެން އޭނާ އަށް ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ބަހުސްގެ ކުރިންނާއި ފަހުން ވެސް ދެ ކެންޑިޑޭޓުން ސަލާމްކޮށްފައެއް ނުވެ އެވެ.

- އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ގެންނަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ބޭނުން ވަނީ އެމެރިކާގެ ރައީސަކީ ޕުޓިންގެ ޕަޕެޓަކަށް ހަދަން ކަމަށް ހިލަރީ ވިދާޅުވި.

- "ޕަޕެޓަކީ ތިޔައީ،" ރައްދުގައި ޓްރަމްޕް ވިދާޅުވި އެވެ. "ޕުޓިން އަކީ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރަށް ވުރެ މާ ސްމާޓް ބޭފުޅެއް."

- ޝިކާގޯގައި މި އަހަރު ކުރީކޮޅު އޮތް ޓްރަމްޕުގެ ކެމްޕޭން އެއްވުމެއްގެ ތެރޭގައި ހަމަނުޖެހުން އުފެއްދީ ހިލަރީ އާއި ރައީސް ބަރަކް އޮބާމާ ރާއްވަވައިގެން ކަމަށް ޓްރަމްޕް ވިދާޅުވި.

- އެކަމަނާގެ އީމެއިލްތައް ހެކްކޮށް ކެމްޕޭނަށް ސައިބާ ހަމަލާތައް ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ހިލަރީ ތުހުމަތު ކުރެއްވި.

އަންހެނުންނަށް އިހާނެތިކަން ރައްދުވާ ގޮތަށް ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން މޮޑަރޭޓަރު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެއީ ހިލަރީގެ ކެމްޕޭނުން ރާވައިގެން ފަތުރާފައިވާ ދޮގު ކަމަށެވެ. ހިލަރީ ވިދާޅުވީ އަންހެނުންނާ މެދު އެ ގޮތަށް ވާހަކަ ދެއްކުމަކީ "އޭނާގެ ގަދަކަން ކަމަށް" ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ވުރެ ބޮޑަށް އަންހެނުންނަށް އިހުތިރާމް ކުރާ މީހަކު ނުހުންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.