ރެކޯޑް އަދަދެއް: 24 ގަޑިއިރުތެރޭ 183،000 މީހުން ޕޮޒިޓިވް
ރެކޯޑް އަދަދެއް: 24 ގަޑިއިރުތެރޭ 183،000 މީހުން ޕޮޒިޓިވް

ޖެނީވާ (ޖޫން 22) - ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮރޯނާވައިރަހަށް ޕޮޒިޓިވް 183،000 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރި ދުވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ރެކޯޑް އަދަދެއް: 24 ގަޑިއިރުތެރޭ 183،000 މީހުން ޕޮޒިޓިވް
ރެކޯޑް އަދަދެއް: 24 ގަޑިއިރުތެރޭ 183،000 މީހުން ޕޮޒިޓިވް

އެންމެ ގިނަ މީހުން ޕޮޒިޓިވްވި ބްރެޒިލުން ގާތްގަނޑަކަށް ބައި ލައްކައެއްހާ މީހުންނަށް ކޮވިޑް-19 އިއްޔެ ޖެހުނު އިރު ދެން އެންމެ ގިނަ މީހުން ބަލިވެފައި ވަނީ އެމެރިކާ އާއި އިންޑިއާ އިންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ މުޅި ދުނިޔޭގައި ވެސް ޓެސްޓްކުރެވޭ ނިސްބަތް އިތުރުވަމުންދާތީ ކަމަށެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން ރެކޯޑް އަދަދަކަށް އިތުރުވެފައި މިވަނީ ބަލި ދަނީ ބާރަށް ފެތުރެމުން ކަމަށާއި ކުރިއަށް އޮތީ ނުރައްކާ މަރުހަލާއެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައި ވަނިކޮށެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މުޅި ދުނިޔޭގައި މިހާރު ވަނީ 9,051,535 އަށް އަރައިފަ އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދު 470,804 އަށް އަރާ އިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 4,841,948 އެވެ.

ޗައިނާގެ ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުނު ކަން ޑަބްލިއުއެޗްއޯ އަށް ޑިސެމްބަރު 31 ގައި ރިޕޯޓްކުރި ފަހުން މުޅި ދުނިޔޭގައި އެ ރޯގާ ފެތުރި ބަލި ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އެރީ އެޕްރީލް 2 ގަ އެވެ. އެގާރަ ހަފުތާ ފަހުން ވަނީ އަށް މިލިއަނަށް އަރައިފަ އެވެ.

1. އެމެރިކާ: ޕޮޒިޓިވްވި: 2,356,657 މަރުވި: 122,247

2. ބްރެޒިލް: ޕޮޒިޓިވްވި: 1,086,9907 މަރުވި: 50,659

3. ރަޝިޔާ: ޕޮޒިޓިވްވި: 584,680 މަރުވި: 8,111

4. އިންޑިއާ: ޕޮޒިޓިވްވި: 426,910 މަރުވި: 13,703

5. ޔޫކޭ: ޕޮޒިޓިވްވި: 304,331 މަރުވި: 42,632

6. ސްޕޭން: ޕޮޒިޓިވްވި: 293,352 މަރުވި: 28,323

7. ޕެރޫ: ޕޮޒިޓިވްވި: 254,936 މަރުވި: 8,045

8. ޗިލީ: ޕޮޒިޓިވްވި: 242,355 މަރުވި: 4,479

9. އިޓަލީ: ޕޮޒިޓިވްވި: 238,499 މަރުވި: 34,634

10. އީރާން: ޕޮޒިޓިވްވި: 204,952 މަރުވި: 9,623