21 ޖޫން 2020 - 22:24

ކޮވިޑް-19 އަށް އިތުރު 16 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް އަށް ދިވެއްސަކާއި ބަންގްލަދޭޝްގެ ހަތް މީހުން އަދި އިންޑިއާގެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،203 އަށް އަރައިފަ އެވެ.
އެ ބަލިން 18 މީހަކު މިއަދު ރަނގަޅުވެ، ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 387 އަށް މަދުވެފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1،145 އަށް އަރާފައިވާއިރު ދިވެހިންގެ އަދަދު އުޅެނީ 759 ގަ އެވެ. ދެން އެންމެ ގިނައީ އިންޑިއާ އަދި ނޭޕާލްގެ މީހުންނެވެ.
ކޮވިޑް-19 ގައި ރާއްޖެއިން އަށް މީހުން މަރުވެފައި ވެ އެވެ.