21 ޖޫން 2020 - 16:44

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު އުސޫލުތަކާ ޚިލާފުވުމުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، ހޯމް ކަރަންޓީނުގައި ތިބެފައި، ބޭރުތެރެއަށް ނުކުމެ އުޅުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެ ދެ މީހުން ތަހުގީގުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން 14 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ރަށްރަށަށް ހޯމް ކަރަންޓީނަށް ފޮނުވާ މީހުން 14 ދުވަހުގެ މުއްދަތެއް ހަމަކުރަން ޖެހެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނިގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިގެން ހޯމް ކަރަންޓީނަށް ރަށަށް ދާ ހުރިހާ އެންމެން ވެސް އުސޫލުތަކަށް ތަބާވެ، މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުސޫލާ އެއްގޮތަށް އަމަލުކުރަން މަޖުބޫރުވާނެ އެވެ.
ފުވައްމުލަކުން މިހާތަނަކަށް ކޮވިޑް-19 ގެ އެއްވެސް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެ އެވެ.
ހޯމް ކަރަންޓީންގެ މީހުން ތިބޭ ގޭގޭގެ އެއްވެސް މީހަކަށް ގެ އިން ބޭރަށް ދެވޭނީ 14 ދުވަސް ހަމަވުމުންނެވެ.