21 ޖޫން 2020 - 11:52

ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުން އަށް ސަރުކާރުން ދިން ލުއިތަކާއެކު އެސްޓީއޯ އިން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.
އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. ހުކުރު ދުވަސްތަކުގައި އެ ސެންޓަރު ހުޅުވާނީ މެންދުރު 2:00 އިން ރޭގަނޑު 11:00 އަށެވެ.
ލޮކްޑައުންގެ ކުރިން އެސްޓީއޯގެ ފާމަސީތަކުން ޑެލިވަރީގެ ހިދުމަތް ދިން ނަމަވެސް މިހާރު އެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ އެވެ. ފާމަސީތަކުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.
އެ ކުންފުނީގެ ސުޕަމާޓުން ހިދުމަތް ދޭން ނިންމާފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 9:00 އިން މެންދުރު 2:45 އަށެވެ. އަދި އެ ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސުޕަމާޓު ހުޅުވާފައި ހުންނައިރު ހުކުރު ދުވަސްތަކުގައި ވެސް ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިންނެވެ.
މީގެ އިތުރުން އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުންނާއި ހޯމް އިމްޕްރޫވްމަންޓުން ވެސް ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ހިދުމަތް ލިބޭނެ އެވެ.
ސުޕަމާޓާއި ހޯލްސޭލް ސެންޓަރާއި ހޯމް އިމްޕްރޫވްމަންޓުން ދޭ ހިދުމަތްތައް އެސްޓީއޯގެ އީސްޓޯރުން ވެސް ލިބޭނެ އެވެ. އީ ސްޓޯރުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ.